އައްސަލާމް އަލައިކުމް Assalaamalakikum - Welcome to Schiyax' s Blog

Asking ALLAH for forgiveness opens locked doors

Tuesday, May 18, 2010

ޑރ. ޒާކިރު ނައިކްގެ އިވެންޓް ބޭއްވުމަށް ކުޅިވަރުއެކުވެނީގެ ސްޓޭޑިޔަމް ދޭގޮތައް އެންމެފަހުން ނިންމައިފި


ލިޔުނީ: ހުސެއިން ހަބީބު

ޑރ ޒާކިރު ނައިކްގެ ދަރުސް އެކުވެނީގެ 1 ނަންބަރާއި 2 ނަންބަރ ދަނޑު ދިނުމުގައި ދަތިތަކެއް ހުރިކަމަށް ބުނެ ނުދެވޭނެކަމަށާއި އެހެންތަނެއް ހޯދުމަށް އެދުމަށް ފަހު ގިނަ ބަޔެއްގެ ފާޑުކިޔުންތަކުގެ ސަބަބުން ޔޫތު މިނިސްޓަރ ޙަސަން ލަޠީފުގެ ނިންމުން ބަދަލުކޮށް ދަރުސް ބޭއްވުމަށް އެކުވެނީ ސްޓޭޑިއަމް ދޭނެކަމަށް ވިދާޚުވެއްޖެއެވެ.

ޔޫތު މިނިސްޓަރ ޙަސަންލަޠީފް މިގޮތައް ހަމަޖައްސަވާފައިވަނީ ރޭ ޓީ.ވީ މޯލްޑިވިސްއިން ގެނެސްދިން ރާއްޖެ މިއަދު ޕުރޮޤުރާމްގައެވެ. މިނިސްޓަރ ޙަސަން ލަޠީފު ވިދާޅުވެފައިވަނީ ‘ސްޓޭޑިޔަމް ނުލިބޭނެކަމަށް ފަހަރެއްގައިވެސް ވިދާޅުވެފައި ނޯންނާނެ’ކަމަށަވެ. ވިދާޅުވަފައިވަނީ ‘މިވެނި ސަބުތަކަށްޓަކައި އެހެންތަނެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީއަށް ދަންނަވާފައިވާނެ’ކަމަށެވެ. ނަމަވެސް މިނިސްޓަރ ޑރ. ޢަބުދުލްމަޖީދު ޢަބުލްބާރީ ވިދާޅުވެފައިވަނީ ‘ޔޫތު މިނިސްޓަރ ޙަސަން ލަޠީފުގެ އެބަހުން ދޭހަވަނީ ދެވެންނެތް’ކަމަށް ބުނުންކަމުގައި މަޖީދު ވިދާޅުވިއެވެ.

ޙަސަންލަޠީފު ވިދާޅުވެފައިވަނީ ‘މިހާރު ސްޓޭޑިޔަމް ދޭ ގޮތައް ނިންމަވައިފިން' ކަމަށެވެ. މިކަމާއި ގުޅިގެން ޑރ. މަޖީދުވަނީ އެޕުރޮގުރާމްގައި މިނިސްޓަރ ޙަސަން ލަޠީފުއަށް ވަގުތުން ޝުކުރު އަދާކުރައްވާފައެވެ. ޑރ. މަޖީދު ވިދާޅުވެފައިވަނީ މިޕުރޮގުރާމަށް ވަޑައިގަތުމުގެ ކުރިންވެސް ޔޫތު މިނިސްޓަރ ޙަސަން ލަޠީފުއާއި ފޯނުން ވާހަކަދެއްކެވިކަމަށެވެ. އަދި ސްޓޭޑިޔަމް ލިބޭކަމަށް ވާނަމަ ރާއްޖެ މިއަދު ޕުރޮގުރާމަށް ވަޑައިގެންނެވުމުގެ ބޭނުމެއްވެސް ނެތްކަމަށް ވިދާޅުވެފައިވާނެކަމަށެވެ.

މިޕުރޮގުރާމްގައި މިނިސްޓަރ ޑރ. އަބުދުލް މަޖީދު ޢަބުދުލް ބާރީވަނީ މިނިސްޓަރ ޙަސަން ލަޠީފުގެ އިތުރުން މާލޭމުނިސިޕްލްޓީގެ ރައިސް އާދަމް މަނިކް (ސަރަނގު) ބައިވެރިވެލެއްވި ޕުރޮގުރާމްގައި ކުރިމަތި ކުރެއްވި ސުވާލުތަކަށް ވަރަށް ކެރިވަޑައިގެން ޖަވާބު ދެއްވާފައެވެ

dhiislam.com.

Monday, May 17, 2010

ޑރ.ޒާކިރު ނައިކްގެ ދަރުސް ބޭއްވުމަށް އެކަށީގެންވާ ބިމެއް ސެކިޔުރިޓީއާއިއެކު ސަރުކާރުން ހަމަޖައްސައިދެއްވާނެ.


އަބްދުއްލަތީފް

މިމަހު 25 ވަނަ ދުވަހު މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ދައުވަތަކަށް ރާއްޖެވަޑައިގަތުމަށް ހަމަޖެހިފައިވާ ޑރ. ޒާކިރު ނައިކު ތަޤްރީރުކުރެއްވުމަށް އެކަށީގެންވާ ބިމެއް ފުރިހަމަ ސެކިޔުރިޓީއާއިއެކު ހަމަޖައްސަވައިދެއްވާނެކަމުގެ ޔަޤީންކަން ޕްރެސް ސެކެޓްރީ މުޙައްމަދު ޒުހައިރު ދެއްވައިފިއެވެ.
މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޒުހައިރު ވިދާޅުވީ ޒާކިރު ނައިކް ފަދަ އެހެން ދީންތަކާއަޅުވައި އިސްލާމްދީނުގެ ފުރިހަމަކަން ބަޔާންކޮށްދެއްވައި އިސްލާމް ދީން ފެތުރުއްވުމަށް މުހިއްމު މަސައްކަތްތައް ކުރައްވަމުންގެންދަވާ ދީނީ އިލްމުވެރިޔަކު ރާއްޖޭގެ ރައްޔިތުންނަށް ތަޤްރީރު ކުރެއްވުމަށް މަގުފަހިކޮށްދެއްވުމަށް ސަރުކާރަށް ކޮށްދެއްވެންހުރި ހުރިހާކަމެއް ކޮށްދެއްވާނެކަމަށެވެ.
ޑރ. ޒާކިރު ނާއިކު ތަޤްރީރު ކުރެއްވުމަށް މާފަންނު ސްޓޭޑިއަމް ސަރަހައްދު ލިބޭނެކަމަށް ކުރިން ބެލެވިފައިއޮތްނަމަވެސް އެސަރަހައްދު ނުލިބޭނެކަމަށް ޔޫތް މިނިސްޓަރ ހަސަން ލަޠީފް އިއްޔެ ވަނީ ވިދާޅުވެފައެވެ.
މިއަދުނޫހަށް މައުލޫމާތުދެއްވަމުން ހަސަން ލަޠީފް ވިދާޅުވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ އެދިވަޑައިގަތުމަށް މާފަންނު ދަނޑު ދޫކުރެއްވުމަށް ކުރިން ވިސްނެވިކަމަށާއި ނަމަވެސް އެތައް ފަރާތްތަކަކުން ދަނޑުތައް އެފަދަ ބޭނުންތަކަށް ހޯދަން އެދެންފެށުމުން އެކަމަކީ ކުރެއްވޭވަރުގެ ކަމެއްކަމަށް ޤަބޫލުފުޅު ނުކުރެއްވެވޭތީ އެއްވެސް ކުޅިވަރުދަނޑެއް އެފަދަ ކަމަކަށް ނުދެއްވަން ނިންމެވީ ކަމަށެވެ.
މިކަމާމެދު ޔޫތް މިނިސްޓަރ ހަސަން ލަޠީފް އާއި އިސްލާމިކް މިނިސްޓަރ ޙަސަން ލަޠީފް އިއްޔެ ވަނީ މަޝްވަރާކުރައްވާފައެވެ.
ޑރ. ޒާކިރު ނައިކު އަކީ ޕީސް ޓީވީގެ މެދުނުކެނޑި ތަފާތު ޕްރޮގްރާމްތަކުން އަބަދުވެސް ފެންނަމުންދާ އިލްމުވެރިޔަކަށްވާތީ ޑރ. ޒާކިރު ނާއިކު ރައްޖެވަޑައިގެން ކުރައްވަވާ ތަޤްރީރުތައް އަޑުއެހުމަށް ގިނައަދަދެއްގެ ރައްޔިތުންދަނީ ތައްޔާރުވަމުންނެވެ. އެހެންކަމުން ޑރ. ޒާކިރު ނާއިކުގެ ތަޤްރީރުތައް އަޑުއެހުމަށް އެތައް ހާސް ބަޔަކު ތައްޔާރުވަމުންދާއިރު މިކަމަށް އެކިގޮތްގޮތުން ހުރަސްތައް ކުރިމަތިކުރުވައި ރައްޔިތުންގެ، ޚާއްޞަކޮށް ޒުވާނުންގެ ސަމާލުކަން މިކަމުން ދުރަށްޖެއްސުވުމަށް އެކިފެންވަރުގައި މަސައްކަތްތައް ކުރެވެމުންދާކަމުގެ މައުލޫމާތު ވެސް ދަނީ ލިބެމުންނެވެ

www.miadhu.com

.


ޒާކިރު ނައިކުގެ އިވެންޓްބޭއްވުމަށް ސްޓޭޑިޔަމް ސަރަހައްދު ކުރިން ދޭނެކަމަށް ޔޫތު މިނިސްޓްރީއިން އިސްލާމިކް މިނިސްޓްރީއަށް އަނގާފައިވޭ





ލިޔުނީ: ހުސެއިން ހަބީބު

ޑރ. ޒާކިރު ނައިކުގެ އިވެންޓްބޭއްވުމަށް ސްޓޭޑިޔަމްސަރަހައްދު ހޯދުމަށް އިސްލާމިކް މިނިސްޓްރީއިން ޔޫތު މިނިސްޓްރީއަށް އެދުމުން އެމިނިސްޓްރީއިން ކުރިން އެތަންދޭނެކަމަށް އަންގާފައިވާ ލިޔެކިޔުންތައް އިސްލާމިކް މިނިސްޓްރީގައި އެބަހުރިކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަބުދުލް މަޖީދު ޢަބުދުލް ބާރީވިދާޅުވެއްޖެއެވެ.

މަޖީދު މިހެންވިދާޅުވީ ރޭ ޓީ.ވީ.މޯލްޑިވްސްއިން ގެނެސްދިން ހަތްދިހަ ފަހެއް ސުމެއް ޕުރާގްރާމްގެ ހަވަރުގޮނޑީގައި ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. ނަމަވެސް ހަވީރުގައި ޝާއިއުކޮށްފައިވާގޮތުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރަޝީދު ޙުސައިން ވިދާޅުވެފައިވަނީ ޔޫތު މިނިސްޓްރީއިން އެއްވެސް އިރެއްގައި ސްޓޭޑިޔަމްދޭނެކަމަށް ބުނެފައި ނޯންނާނެކަމަށެވެ.

މީގެ އިތުރުން މަޖީދުވިދާޅުވީ ފަހަރެއްގައިވެސް ސްޓޭޑިޔަމް ސަރަހައްދު ހަފްތާއަކަށް ހޯދުމަށް އެދިފައި ނޯންނާނެކަމަށާއި، އެދިފައި އޮންނާނީ ދެދުވަހަށް ސްޓޭޑިޔަމް ހޯދުމަށްކަމަށްވެސް ކަމަށްވެސް މަޖީދު ވިދާޅުވިއެވެ. ނަމަވެސް ޔޫތު މިނިސްޓްރީގެ ސްޓޭޓްމިނިސްޓަރ މުޙައްމަދު ރަޝީދު ޙުސައިން ވިދާޅުވެފައިވަނީ ސްޓޭޑިޔަމް ހަފުތާއެއް ހާދުވަހަށް ބަންދުކޮށްފައިބޭއްވުމަކީ ކުޅިވަރު ކުޅޭ ޒުވާނުންނަށް ވަރަށް ދަތިވާނެކަމެއްކަމަށެވެ.

ޔޫތުމިނިސްޓްރީއިންވަނީ ތަފާތު ބަހަނާދެއްކުމަށްފަހު އިސްލާމިކް މިނިސްޓްރީއިން ކުރަމުންދާގެންދާ ދީނީ އަދި ޤަޢުމީ މިބޮޑުއިވެންޓަށް ހުރަސް އަޅަމުންނެވެ. ނަމަވެސް ޔޫތު މިނިސްޓްރީއިންވަނީ އޭކޮން ޝޯ އާއި ބޮނިޔަމް ޝޯގެ ޚަރަކާތްތަކަށް ވަރަށްބޮޑަށް އެއްބާރުލުންދީފައެވެ.


http://dhiislam.com/?p=2268




ކުޅިވަރުކުޅެން ދަތިވާނެ ކަމަށްބުނެ ޔޫތު މިނިސްޓްރީއިން ޑރ. ޒާކިރުގެ އިވެންޓްބޭއްވުމަށް ސްޓޭޑިއަމް ނުލިބޭނެކަމަށް އަންގައިފި


ލިޔުނީ: ހުސެއިން ހަބީބު

ކުޅިވަރުކުޅޭ ޒުވާނުންނަށް ދަތިވާނެކަމަށް ބުނެ ޑރ. ޒާކިރު ނައިކުގެ އިވެންޓްބޭއްވުމަށް މާފަންނު ސްޓޭޑިއަމް ނުލިބޭނެކަމަށް ޔޫތު މިނިސްޓްރީއިން އިސްލާމިކް މިނިސްޓްރީއަށް މިއަދު އަންގައިފިއެވެ.

ޔޫތު މިނިސްޓްރީއިން އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރަޝީދު ޙުސައިން ވިދާޅުވީ އިސްލާމިކް މިނިސްޓްރީއިން އެދިފައި އޮތީ ޓާފް ދަނޑާއި ޖެހިގެންއޮންނަ ފުޓް ބޯޅަ ދެދަނޑުކަމަށާއި ނަމަވެސް އެތަން ދެވެން ނެތްކަމަށެވެ. އެތަންދެވެންނެތް ސަބަބެއްކަމަށް ރަޝީދު ވިދާޅުވަނީ ’ކުޅިވަރު ކުޅެންބޭނުންވާ މީހުންނަށް ކޮންމެ ވަގުތެއްގައިވެސް ހުޅުވިފައިތަނަކީ އެއީކަމަށާއި އެތަން ހަފުތާޔަކަށް ބުލޮކު ކުރުމުން ކުޅިވަރު ކުޅޭ ޒުވާނުންނަށް ވަރަށްބޮޑަށް ދަތިވާނެ’ ކަމަށެވެ.

މިއަދު އިސްލާމިކް މިނިސްޓަރ ޑރ. އަބުދުލް މަޖީދު އަބުދުލް ބާރީ ވަނީ މިކަން ހައްލުކުރެއްވުމަށް އަމިއްލަފުޅަށް ޔޫތު މިނިސްޓްރީއަށް ވަޑައިގެންފައެވެ. ނަމަވެސް ޔޫތު މިނިސްޓަރ ޙަސަންލަޠީފު ވަރަށް މާފާއެކު އެތަން ދެވެންނެތް’ކަމަށްވަނީ ވިދާޅުވެފައެވެ.

ޔޫތު މިނިސްޓްރީއިން މިއަދު އިސްލާމިކް މިނިސްޓްރީއަށް މިގޮތަށް އަންގާފައިވަނީ، އިސްލާމިކް މިނިސްޓްރީއިން ސްޓޭޑިޔަމްއަށް ޙާއްސަކޮށް އެތައް ހާސް އިސްތިހާރެއް ޗާޕްކޮށްފައި ވަނިކޮށެވެ.

ޔޫތު މިނިސްތްރީއިން ސްޓޭޑިއަމް ދެވެންނެތްކަމަށް އިސްލާމިކު މިނިސްޓްރީއަށް އަންގާފައިވާއިރު، ޔޫތު މިނިސްޓަރ ޙަސަން ލަޠީފްގެ އިސްނެންގެވުމުގެ މަތިންވަނީ އޭކޮން ޝޯ ގަލޮޅު ދަނޑުގައި ބޭއްވުމަށް ހަމަޖައްސާފައެވެ. އަދި ބޮނިއަމް ޝޯ ވަނީ ހަސަން ލަތީފުގެ ހާއްސަ ބެލުމުގެ ދަށުން ބާއްވާފައެވެ.

Wednesday, May 12, 2010

އޭ ﷲ


އިސްމާޢީލް ނާޖީ

يَسْأَلُهُ مَنْ فِي السَّمَوَاتِوَالأَرْضِ كُلَّ يَوْمٍ هُوَ فِي شَأْنٍ


ކަނޑު ގަދަވެ، ރާޅު ބޮޑުވެ، ވައިގަދަވެއްޖެނަމަ، އުޅަނދުގައި ތިބި މީހުން ގޮވައިލަނީ: އޭ ﷲ އެވެ!

އެކަނި ދާ މީހާ ސަހަރާއަށް ގެއްލިއްޖެނަމަ، ސަވާރީއަށް މަގު އޮޅިއްޖެނަމަ، ދާނެ ކޮޅެއް ނޭނގި ޤާފިލާ އަންތަރީސްވެއްޖެނަމަ، އެ މީހުން ގޮވާލަނީ: އޭ ﷲ އެވެ!

މުޞީބާތް ލައިގެންފިނަމަ، ސުންޕާކަމެއް ޖެހިއްޖެނަމަ، އަދި ކާރިޘާ ކުރިމަތިވެއްޖެނަމަ، އެ މީހާ ގޮވާލަނީ: އޭ ﷲ އެވެ!

ކުރިމަތީގައި ހުރިހާ ދޮރުތަކެއް ބަންދުވެ، ސުވާލު ކުރާ ފަރާތްތަކުގެ މޫނުމަތީގައި ފަރުދާ ތިރިކުރެވިއްޖެނަމަ، އެ މީހުން ބާރު އަޑުން ގޮވާލަނީ: އޭ ﷲ އެވެ!

ގޮތް ހުސްވެ، މަގުތައް ދަތިވެ، އުއްމީދު ކެނޑި އޭގެ ވާފަށް ބުރިވެއްޖެނަމަ، އެ މީހުން ގޮވާލަނީ: އޭ ﷲ އެވެ!

ތަނަވަސް ބިން ކަލެއަށް ދަތިވެ، އުދާސްތަކުން ނަފްސު ތާށިވެއްޖެނަމަ، ގޮވާލާށެވެ: އޭ ﷲ އެވެ!

ހެޔޮ ބަސްތަކާއި، އިޚްލާޞްތެރި ދުޢާތަކާއި، ތެދުވެރި ގޮވުންތަކާއި، ބަރީއަ ކަރުނައާއި، މޮޅިވެރިއާގެ ހިތާމަ އުފުލެނީ އެކަލާނގެ ޙަޟްރަތަށެވެ.

ދަމުގައި އަތްތިލަތަކާއި، ބޭނުންތަކުގައި އަތްތައް ދިއްކުރެވެނީ، އަދި ބޮޑެތި ކަންތައް ކުރިމަތިވާ ހިނދު ލޯ ދިއްކުރެވެނީ، އަދި ޙާދިސާތަކުގައި ސަލާންޖަހަނީ އެކަލާނގެއަށެވެ.

ދޫތަކުން މަދަޙަ ކިޔަނީ އެކަލާނގެ އިސްމުފުޅެވެ. އެހީއަށް އެދި ގޮވާލަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެ ހަނދުމަކުރުމުން ހިތްހަމަޖެހެއެވެ. ނަފްސަށް އަރާމުލިބެއެވެ. ޝުޢޫރުތައް ހަމަހިމޭންވެއެވެ. އަޢްޞާބު ފިނިވެއެވެ. ހެޔޮ ވިސްނުން ލިބެއެވެ. ޔަޤީންކަން ފުރިހަމަވެ ވަރުގަދަވެއެވެ.

ﷲ: މިއީ އެންމެ ރިވެތި އިސްމުފުޅެވެ. އެންމެ ޗާލު އަކުރުތަކެވެ. އެންމެ ތެދު ޢިބާރާތެވެ. އެންމެ އަގުހުރި ކަލިމައެވެ.

ﷲ: އެއީ ތަނަވަސްވެވޮޑިގަތުމާއި ދެމިވޮޑިގަތުމެވެ. ބާރާއި ނަޞްރެވެ. ޢިއްޒަތާއި ކުޅަދުންވަންތަކަމާއި ޙިކްމަތްވަންތަކަމެވެ.

ﷲ: އެއީ އޯގާވަންތަކަމާއި ބެލެހެއްޓެވުމެވެ. އެހީއާއި މަދަދެވެ. ލޯތްބާއި އިޙްސާންތެރިކަމެވެ.

ﷲ: އެއީ ކީރިތިވަންތަކަމާއި، މަތިވެރިވަންތަ ރަސްކަލާނގެއެވެ. ހައިބަތްވަންތަކަމާއި ޖަބަރޫތީ ގަދަފަދަވަންތަ ރަސްކަލާނގެއެވެ.

ހައްދަވައި ބޮޑުކުރެއްވި ކަލާކޮ! ހިތުގެ ކެކުޅުމުގެ ބަދަލުގައި ހަމަޖެހުން ލައްވާފާނދޭވެ! ހިތާމައިގެ ނިމުމަކަށް އުފާވެރިކަން ލައްވާފާނދޭވެ! ބިރުވެރިކަން ލިބޭ ވަގުތު އަމާންކަން ލައްވާފާނދޭވެ!

ހައްދަވައި ބޮޑުކުރެއްވި ކަލާކޮ! ހިތުގައިވާ ދިލަނެގުން، ޔަޤީންކަމުގެ ގަނޑުފެނުން ފިނިކޮށްދެއްވާފާނދޭވެ! ރޫޙުގައިވާ ހޫނު އަނގުރުތައް، އީމާންކަމުގެ ފެނުން ނިއްވާދެއްވާފާނދޭވެ!

އޭ ހައްދަވައި ބޮޑުކުރެއްވި ކަލާކޮ! ނިދިނުލިބިފައި ތިބި ލޯތަކުގައި، އިބަރަސްކަލާނގެ އަމާންކަމުގެ ނިންޖެއް ލައްވާފާނދޭވެ! ހާސްވެފައިވާ ނަފްސުތަކަށް، ހަމެޖެހުން ގެންނަވާފާނދޭވެ! އަދި އެއަށް ކައިރި ނަސްރެއް ދެއްވާފާނދޭވެ! ހައްދަވައި ބޮޑުކުރެއްވި ކަލާކޮ! ހައިރާންކަން ލިބިފައިވާ މީހުންގެ ލޯތަކަށް، އިބަރަސްކަލާނގެ ނޫރުފުޅަށް މަގުދައްކަވާފާނދޭވެ! ނުބައި މަގުތަކުން ދާ މީހުންނަށް، އިބަރަސްކަލާނގެ ޞިރާތު މަގު ދައްކަވާފާނދޭވެ! ތެދުމަގުން ކައްސާލާފައިވާ މީހުންނަށް، އިބަރަސްކަލާނގެ ހިދާޔަތު ދެއްވާފާނދޭވެ!

ހައްދަވައި ބޮޑުކުރެއްވި ކަލާކޮ! އަލިކަމުގެ ތެދު ފަޖުރަކުން، ވަސްވާސްތައް ދުރުކުރައްވާފާނދޭވެ! ޟަމީރުތަކުގައިވާ ބާޠިލުކަންތައް، ޙައްޤުގެ ލަޝްކަރަކުން، ނެތިކުރައްވާފާނދޭވެ! އަދި އިބަރަސްކަލާނގެ މަދަދުވެރިކަމުގެ ސިފައިންގެ ހަމަލާތަކުން، ޝައިޠާނާގެ ކެހިވެރިކަން ދުރުކުރައްވާފާނދޭވެ!

ހައްދަވައި ބޮޑުކުރެއްވި ކަލާކޮ! އަޅަމެންގެ ކިބައިން ހިތާމަ ދުރުކުރައްވާފާނދެވެ! އަދި އަޅަމެންގެ ހިތްތަކުން ނުތަނަވަސްކަން ފިއްލަވާފާނދޭވެ! އަދި އަޅަމެންގެ ނަފްސުތަކުން ހާސްކަން ދުރުކުރައްވާފާނދޭވެ!

އިބަރަސްކަލާނގެ ނޫން ފަރާތަކަށް ބިރުގަތުމާއި، އިބަރަސްކަލާނގެ ނޫން ފަރާތަކަށް ބަރޯސާވުމާއި، އިބަރަސްކަލާނގެ ނޫން ފަރާތަކާ ވަކީލުކުރުމާއި، އިބަރަސްކަލާނގެ ނޫން ފަރާތަކުން އެއްޗަކަށް އެދުމާއި، އިބަރަސްކަލާނގެ ނޫން ފަރާތެއްގެ އެހީތެރިކަން ލިބިގަތުމާއި، މިހިރަ މިހިރަ ކަންތަކުން ދުރުވެ ހުރުމަށްޓަކައި، އިބަރަސްކަލާނގެ ރައްކާތެރިކަމާއި އެހީތެރިކަން މިއަޅާ ހޯދަމެވެ. އިބަރަސްކަލާނގެ އަކީ އަޅަމެންނަށް ނަޞްރު ދެއްވާ ކަލާނގެއެވެ.

* މިއީ ޝައިޚް ޢާއިޟް އަލްޤަރްނީގެ "ހިތާމަ ނުކުރޭ" މި ފޮތް އަސްލަކަށް ބަލައިގެން ތަރުޖަމާކޮށްފައިވާ ލިޔުންތަކެކެވެ. ބައެއް ލިޔުންތަކަށް ކޮންމެވެސް ވަރެއްގެ ކުޑަ ބަދަލުތަކާއި އުނިއިތުރު ގެނެވިފައިވާނެއެވެ. އެއީ ޢަރަބި ބަހުން މުޚާޠަބު ކުރެވިފައިވާ އެއްޗެއް ދިވެހި ބަހުން ގެނައީމާ ބައެއް ފަހަރު އޭގެ މާނަ ދޭހަ ނުވުމާއި، މުޚާޠަބު ކުރެވޭ ޘަޤާފަތުގެ ތަފާތުކަމަށްޓަކައެވެ.

މި ލިޔުންތަކުގައި ވާ އާޔަތްތަކަކީ ކޮންމެހެން އެ މައުޟޫޢަކާ ސީދާ ގުޅުން ހުރި އާޔަތްތަކެއް ނޫނެވެ. އަދި އެއީ ކޮންމެހެން އެއިން ސީދާ ދަލީލު ނެގޭނެ އާޔަތްތަކެއް ވެސް ނޫނެވެ. އެކަމަކު އެއީ އާޔަތުން މައުޟޫޢާ ގުޅޭ ކޮންމެވެސް ކަހަލަ އިޝާރާތެއް ލިބޭ އާޔަތްތަކެކެވެ.

* މިއީ ސިލްސިލާކޮށް ކަވާސާގައި ޖެހޭނެ ލިޔުންތަކެކެވެ.

http://www.kavaasaa.com/dheenai-dhuniye/hithuge/ey-allah.html