އައްސަލާމް އަލައިކުމް Assalaamalakikum - Welcome to Schiyax' s Blog

Asking ALLAH for forgiveness opens locked doors
Showing posts with label ސުވާލާއި ޖަވާބު. Show all posts
Showing posts with label ސުވާލާއި ޖަވާބު. Show all posts

Sunday, October 24, 2010

ގިޓާ ކުޅުމަކީ އިސްލާމްދީނުގައި ހަރާމް ކަމެއްތޯ؟

ގިޓާ ކުޅުމަކީ އިސްލާމްދީނުގައި ހަރާމް ކަމެއްތޯ؟

ގިޓާއަކީ މިއުޒިކު އާލަތެކެވެ. ނުވަތަ މިއުޒިކް އިންސްޓްރުމަންޓެކެވެ. މިއުޒިކް ކުޅުމަށް ބޭނުން ކުރެވޭ ހުރިހައި އެއްޗިއްސަކީ ހަރާމްވެގެންވާ އެއްޗެއްކަމާއި މެދުގައި އުންމަތުގެ ސަލަފުންގެ މެދުގައި އިތްތިފާގުވެވިފައި ވެއެވެ. މިއުޒިކު ސާމާނުގެ ހަރާމްކަމާއި މެދުގައި ބައިވަރު ރިވާޔަތްތައް އިތުރުއެކަލޭގެފާނުންގެ އަރިހުން ވާރިދުވެފައި ވެއެވެ. އޭގެ ތެރެއިން އެއް ހަދީޘަކީ الإمام البخاري އެބޭފުޅާގެ صحيح (ج 17، ص 298) ގައި ގެންނަވާފައިވާ ރިވާޔަތެވެ. أَبُو مَالِك الْأَشْعَرِي ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދިޘްކުރެއްވި އަޑު އެއްސެވިއެވެ. ((لَيَكُونَنَّ مِنْ أُمَّتِي أَقْوَامٌ يَسْتَحِلُّونَ الْحِرَ وَالْحَرِيرَ وَالْخَمْرَ وَالْمَعَازِفَ)) މާނައަކީ: “ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ އުންމަތުގައި ޒިނޭއާއި، ފަށުވި ފޭރާމާއި، ރާއާއި އަދި މަޢާޒިފު (މިޔުޒިކު ކުޅޭ ސާމާނު) ހަލާލު ކުރާނެ ބަޔަކު ވާނެއެވެ..”

މިހަދީޘްގައި މަޢާޒިފް (މިއުޒިކް އާލަތް) އަކީ ހަރާމް އެއްޗެއްކަން އަންގަވައި އޭގެ ވާހަކަ ގެންނަވާފައި އެވަނީ އިސްލާމްދީނުގައި ހަރާމް ކަމުގައި ޡަރޫރީކޮށް ކޮންމެ މުސްލިމަކު ގަބޫލުކުރުން ލާޒިމުވާ ކަންތައްތަކަކާއި އެކުގައެވެ. އަދި ޝައްކެއްނެތް ގޮތުގައި އެއްޗެއް ހަލާލު ކަމުގައި ހެދޭނީ އެއެއްޗެއް އޭގެ އަސްލުގައި ހަރާމްވެފައި ވާނަމައެވެ.

އަނެއް ހަދީޘް ހަދީޘެއްގައި عمران بن حصين ގެ އަރިހުން ރިވާވެގެންވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރެއްވިއެވެ. (( يكون في أمتي قذف ومسخ وخسف )) “ތިމަންކަލޭގެ ފާނުންގެ އުންމަތުގައި ގަޛްފާއި (ހިލައިގެ ވާރޭ ވެހުމާއި)، މަސްޚު ކުރެއްވުމާއި (ސޫރަ ބަދަލު ކުރެއްވުމާއި)، ޚަސްފު (ބިމަށް ގަންބަވައިގަތުން ފަދަ ކޯފާތަކެއް) އަންނާނެއެވެ.” އެކަލޭގެފާނަށް ދެންނެވުނެވެ. الله ގެ ރަސޫލާއެވެ. އެއީ ކޮން އިރަކުތޯއެވެ؟ ހަދީޘްކުރެއްވިއެވެ. (( إذا ظهرت المعازف وكثرت القيان وشربت الخمور )). “މިޔުޒިކު ސާމާނު ފާޅުވެ، ލަވަކިޔުންތެރިން ގިނަވެ، ރާބޯން ފެށުމުންނެވެ.” އެބަހީ މިކަންކަން ގިނަވެ، އާންވުމެވެ. މިހަދީޘް الترمذي އާއި، ابن أبي الدنيا އާއި، أبو عمرو الداني ” السنن الواردة في الفتن” ގައި، އަދި ابن النجار ‘ذيل تاريخ بغداد’ ގައި ރިވާކުރައްވާފައި ވެއެވެ. އަދި މިރިވާޔަތީ ސައްހަ ރިވާޔަތެއް ކަމުގައި الألباني ‘تحريم آلات الطرب’ (ج 1، ص 63) ގައި ވިދާޅުވެފައިވެއެވެ. އިސްވެ ދިޔަ ހަދީޘް ފަދަ މިރިވާޔަތުގެ ޞައްހަކަމަށް ހެކި ލިބޭ އިތުރު ބައިވަރު ރިވާޔަތްތައް ވެއެވެ.

އިހު ޒަމާނުގައި މިއުޒިކު ކުޅުމަށް ބޭނުން ކުރެވުނު ތާރައާއި ބެރާއި ގިޓާ ވައްތަރުގެ އެއްޗިއްސަކީ ވަރަށް އާދައިގެ އަޑު ހުންނަ އެއްޗަކަށް ވުމާއި އެކުގައިމެ ﷲ އާއި އެކަލާނގެ ރަސޫލާ އެތަކެތި ބޭނުންކުރުން އެވަނީ ހަރާމް ކުރައްވާފައެވެ. މިޒަމާނުގެ މިއުޒިކު އާލަތް ތަކަކީ އެޒަމާނުގެ އެއްޗިއްސާއި ބަލާފައި އެތައް ގުނައެއް އިތުރު، އަދި ވަރުގަދަ އެއްޗިއްސެވެ. އެތަކެތި ހަރާމްވުން މާ އައުލާވެގެން ވެއެވެ. ވަކިން ޚާއްސަކޮށް ގިޓާއަކީ މިއުޒިކު ސާމާނުގެ ތެރޭގައިވާ އެއްމެ މުހިންމު އަދި އެއްމެ ބާރުގަދަ އާލަތް ކަމުގައި ބެލެވޭ އެއްޗެވެ. އޭގެ ގެއްލުން ވެސް މާބޮޑެވެ. ވީމައި ގިޓާއަކީ ހަރާމް އެއްޗެއް ކަމުގައި ޝައްކެއް ނެތެވެ.

މަސްދަރު : އާދަމްޝަމީމް.ކޮމް
އަސްލު ލިޔުމަށް ދިއުމަށް ތރީގައިވާ ލިންކަށް ފިއްތަވާލައްވާ

އާދަމްޝަމީމް.ކޮމް

Monday, October 11, 2010

މިލިޓަރީ މިއުޒިކަކީ ހުއްދަ އެއްޗެއްތޯ އެވެ؟ މިއުޒިކްގެ ތެރެއިން ހުއްދަ އެއްވެސް ބާވަތެއް ވޭތޯއެވެ؟

މިއުޒިކުގެ ހުރިހާ ބާވަތަކީ ހަރާމް އެއްޗެއް ކަމުގައި ސަލަފުންގެ ހުރިހާ އިލްމުވެރިންނާއި ހަތަރު މަޛުހަބުގެ އިމާމުން އިއްތިފާގުވެވަޑައިގަންނަވައެވެ. އޭގެ ހެކިތަކާއި ދަލީލުތައް ކީރިތި ޤުރްއާނާއި رسول الله صلى الله عليه وسلم ގެ ސައްހަ ސުންނަތާއި އިތުރު އަސްހާބުންގެ އިޖުމާއިން ސާބިތުވެފައިވެއެވެ. މިއުޒިކާއި މިއުޒިކް އިންސްޓްރުމެންޓްގެ ތެރެއިން އެއްމެ އާދައިގެ ލުއި އެއްޗަކީ ތާރައެއެވެ. ކައިވެނީގެ މުނާސަބަތުގައާއި ދެޢީދު ދެދުވަހުގައި ތާރަޖެހުން ހުއްދައެވެ. އެއީ ޞައްހަ ސުންނަތުން އިސްތިސްނާ ކުރެވިފައިވާ ދެ ހާލަތެވެ. އެނގިވަޑައިގަންނަވާނެފަދައިން މިލިޓަރީ މިއުޒިކަކީ ތާރައިގެ މައްޗަށް ފުއްދާފައިވާ އެއްޗެއް ނޫނެވެ. އޭގައި މިޔުޒިކުގެ ވަރަށް ގިނަ އިންސްޓުރުމެންޓްތައް ބޭނުން ކުރެވެއެވެ. ހަމަ އެފަދައިން މިލިޓަރީ މިއުޒިކު ކުޅެވެނީ ކައިވެންޏާއި ޢީދުގެ އުފަލުގައި އެކަންޏެއްވެސް ނޫނެވެ. ސިފައިންނާއި ގައުމީ ހުރިހާ ވަގުތު ތަކެއްގައެވެ. އަދި ވަކިން ޚާއްސަކޮށް މިލިޓަރީ މިއުޒިކަކީ ކަނޑައެޅިގެން އެމެރިކާ އާއި ޔޫރަޕް ފަދަ ކުފުރުގެ އިމާމުން އުފައްދައި އެމީހުން ބޭނުން ކުރާ އެއްޗެކެވެ. މިއަދު މުސްލިމުން އެކަން ކުރަނީ އެމީހުން ކޮޕީކުރުމުގެ ގޮތުންނެވެ. ވީމާ، މިލިޓަރީ މިއުޒިކު ހުއްދަވާނެ އެއްވެސް އުޛުރެއް ނެތެވެ. އެއީވެސް ޙަރާމް އެއްޗެކެވެ.


ޖަވާބު ދެއްވީ : އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް

އާދަމްޝަމީމް.ކޮމް