އައްސަލާމް އަލައިކުމް Assalaamalakikum - Welcome to Schiyax' s Blog

Asking ALLAH for forgiveness opens locked doors

Wednesday, July 28, 2010

މުޖުތަމަޢުގައި ފާޙިޝް ކަންތައްތައް ފަތުރަން މަސައްކަތް ނުކުރާށެވެ.


= ޞުލްޙަމަސަލަސް =


އަޅުގަނޑުމެންގެ މިލޮބުވެތި ދިވެހިރާއްޖޭގައި މިދަނީ ސައްތައިން ސައްތަ އިސްލާމީ މުޖުތަމަޢަކުން ފެނިގެން ނުވާނެ އެތައް ކަމެއް ޢާއްމުވަމުންނެވެ. މިގޮތުން ޢާއްމުކޮށް ފެންނަ ގޮތަށް ފިހާރަތަކާއި، އެކި ތަންތަނުގައި ފާޙިޝް ކަންކަމަށް މަގުފަހިކުރާ މަންޒަރުތައް ބެހެއްޓިފައި ހުންނަ ކަމަކީ އަޅުގަނޑުމެން ހިތާމަކުރަންޖެހޭ ކަމެކެވެ. ޙާއްޞަކޮށް އެތެރެއިންލާ އަންނައުނާއި، ފިލްމާއި ލަވަ ސީޑީ ފަދަ ތަކެތި އަދި ފަތުރުވެރިންނަށް އަމާޒުކޮށް ވިޔަފާރިކުރާ ފަރާތްތަކުން މިފަދަ ޢަމަލުތައް އެއްވެސް ވިސްނުމަކާ ނުލާ ދަނީ ކުރަމުންނެވެ. މިފަދަ ފޮޓޯތައް ޖަހައިގެން ނޫނީ ވިޔަފާރިވެރިންނަށް އެބައިމީހުންގެ ވިޔަފާރި ކުރިއެރުވެން ނެތީ ބާވައެވެ؟ ގިނަ މީހުންނަށް މިފަދަ ކަންކަމަކީ މާބޮޑު ކަމެއްހެން ހީނުވާ ފަދައެވެ. އިސްލާމް ދީނުގެ ހުރުމަތަކަށް އަދި އެހެން މުސްލިމުންގެ ޙައްޤުތަކަކަށް ވިސްނާލާހެނެއް ހިއެއްނުވެއެވެ.

ވިޔަފާރިވެރިން އެބައިމީހުންގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި މުދާ އިޝްތިހާރުކުރަނީ ބަރަހަނާ އަންހެނުންގެ ބިލްބޯޑްތައް އާންމު ތަން ތަނުގައި ބަހައްޓައިގެންނެވެ. ސިމެންތި އާއި ލަކުޑި އާއި ޓިނުފަދަ ގެހަދަން ބޭނުންކުރާ ތަކެތި ނުވަތަ ފަރުނީޗަރ ފަދަ ތަކެތި އިޝްތިހާރުކުރިޔަސް ނިވާކަން ކުޑަ އަންހެނަކު ކޮންމެހެންވެސް ބޭނުންކުރަންޖެހޭ ކަމަށް ބައެއް މީހުން ދެކޭ ކަހަލައެވެ. ރޭޑިޔޯއިން އެއިޝްތިހާރުކުރަންޏާ އިސްލާމް ދީނުގައި ޙަރާމްކުރެވިގެންވާ މިއުޒިކް ބޭނުންނުކޮށް އިޝްތިހާރުކުރެވޭ ކަމަކަށްނުވެއެވެ. ކޮޅުނެތްކޮޅަށް ހިތާމަ ކުރަންޖެހޭ ކަމަކީ ރޭޑިޔޯ އަދި ޓީ.ވީ އިން ފޮނުވޭ ދީނީ ޕްރޮގްރާމްތަކުގެ މެދުތެރެއިން ނުވަތަ ނިމޭތަނާ މިކަހަލަ ފާޙިޝް އިޝްތިހާރުތައް ފޮނުވާތީއެވެ.

ދީނީ ޕްރޮގްރާމް ނުވަތަ ދަރުސްތަކުގައި ފާޙިޝް ކަންތައްތައް މުޖުތަމަޢުގައި ފެތުރުމުގެ ނުބައި ކަމާއި، މިފަދަ ކަންތައް ފެތުރިގެން ދިއުމަށް ލޯބިކުރާ މީހުންނަށް ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި އަޛާބު ހުރިކަން ކީރިތި ޤުރުއާނުގައި ﷲ سبحانه وتعالى ވަހީކުރައްވާފައިވާ ވާހަކަ ޢިލްމުވެރިން ތަކުރާރުކޮށް ދަނީ ބަޔާންކޮށްދެމުންނެވެ. ނަމަވެސް ޕްރޮގްރާމް ނުވަތަ ދަރުސް ނިންމާލުމަށްފަހު ފޮނުވަން ފަށަނީ ކޮންމެވެސް ފާޙިޝް މަންޒަރުތަކެއް ނުވަތަ ޙަރާމް މިއުޒިކްގެ އަޑެވެ. ޝައްކެއްނެތް ގޮތުގައި މިއީ އެނގިތިބެ ނުވަތަ ނޭނގިތިބެނަމަވެސް އިސްލާމް ދީނަށް ކުރެވޭ ފުރައްސާރައެކެވެ.

މިއަދު އަޅުގަނޑުމެންގެ މީޑިޔާގެ ހުރިހާ ވަޞީލަތްތަކެއް ކޮރަޕްޓްވެ، ލާދީނީ، ފާހިޝް ކަންތައް ފެތުރުމަށް ބޭނުންކުރާ ވަޞީލަތްތަކެއް ކަމުގައި ވަނީ ވެފައެވެ. މީގެ ތެރެއިން ކުޑަ މިންވަރެއް މިތާނގައި ހިމަނާލާނަމެވެ.

ދަޢުލަތުގެ މީޑިއާ ކަމުގައިވާ މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އެމް.އެން.ބީ.ސީ) ގެ ދަށުން ހިންގާ ޗެނަލްތައް ކަމަށްވާ، "ޔޫތު ޓީ.ވީ" އާއި "ޓީ.ވީ.އެމް" އާއި "ރާއްޖެ އެފް.އެމް" އާއި "ދިވެހިރާއްޖޭގެ އަޑު"ންވެސް ފާހިޝް ކަންތައް ފަތުރަނީއެވެ. އަޑުއެހުން ޙަރާމް މިއުޒިކާއި ބެލުން ޙަރާމް މަންޒަރު ފަތުރަނީއެވެ. ޚާއްޞަކޮށް ޒުވާނުންގެ ޓީވީއޭ މިކިޔާ "ޔޫތް ޓީ.ވީ" އާއި މިއުޒިކް ޗެނަލެއް ކަމުގައިވާ "ރާއްޖެ އެފް.އެމް" އިން މެދުކެނޑުމެއް ނެތި މަސައްކަތްކުރަނީ މީސްތަކުން ﷲ ގެ މަގުން ޣާފިލްކޮށް ޝައިޠާނާގެ މަގަށް ގެންދިއުމަށެވެ.

"ޔޫތް ޓީ.ވީ" އިން ދައްކާ ލަވަތަކަކީ ޒުވާނުންނަށް މަސްތުވާތަކެއްޗަށާއި، ޒިނޭ ފަދަ ހުތުރުކަން ބޮޑު ޝައިޠާނާގެ ޢަމަލުތަކަށް ހިތްޖައްސުވާ، އެފަދަ ކަންކަމަށް މަގުފަހިކުރުވާ ލަވަތަކެވެ. ފާހަގަކޮށްލަން ޖެހޭ އެއް ކަމަކީ މިހާރު މިޗެނަލުން މަޣުރިބް ނަމާދު ބަންގި އަށްފަހު ޒުވާނުން އިސްލާމް ދީނަށް ލޯބިޖެއްސުމަށް ކަމަށް ބުނެ ޕްރޮގްރާމެއް ފޮނުވައެވެ. ނަމަވެސް ހިތާމައަކީ މިޕްރޮގްރާމް ވެސް މިފޮނުވަނީ ނަމާދު ވަގުތާއި ދިމާކޮށެވެ. ވަގުތުގެ ގޮތުން ޒުވާނުންގެ ތެރެއިން މިޕްރޮގްރާމަށް ދޭންވާވަރަށް ސަމާލުކަންދެވެނީ ކިހާބަޔަކަށްތޯ ސުވާލު އުފެދެއެވެ. އަދި ޕްރޮގްރާމް ނިމުމާއެކު ފޮނުވަނީ ޒުވާނަކު ޙަރާމް މިއުޒިކް ކުޅޭ މަންޒަރެވެ. އަނެއްކާވެސް އިސްލާމް ދީނަށް ފުރައްސާރަ ކުރެވެނީ ނޫންތޯއެވެ.

"ރާއްޖެ އެފް.އެމް" އިން ފޮނުވާ ޕްރޮގްރާމްތައް ވަނީ ޝައިޠާނާގެ ދުންމާރިން 24 ގަޑި އިރުހެން ގުގުމާލާފައެވެ. ޓީ.ވީ.އެމް އިން "މެންދުރުފަސް" ގެ ނަމުގައްޔާއި، "ދަންވި ދަންވިހެން" އާއި، "ދިވެހިންނާއި މިއުޒިކް" އާއި "ފިލްމީ އުދަރެސް" ފަދަ ފާޙިޝް ޕްރޮގްރާމްތައް ފޮނުމުވުގައި އަވަދިނެތި މަސައްކަތް ކުރަނީއެވެ. މީގެ އިތުރުން ހިލޭ އަންހެނުންނާއި ފިރިހެނުން ގުޅުވައިދީ މިބައިމީހުން އެއްކޮށް މަޖާނަގާ ސަމާސާކުރުމަށް މެދުވެރިއެއްގެ ރޯލް ކުޅެދޭ ވަޞީލަތަކަށް މިޗެނަލްތައް ވަނީ ވެފައެވެ.

ދަޢުލަތުގެ މީޑިއާ މިފަދަ ހާލަތެއްގައި އޮތް އިރު އަމިއްލަ ފަރާތްތަކުން ހިންގާ ގިނަ މީޑިއާތަކުންވެސް ވިޔާނުދާ، ފާޙިޝް އެތައް ކަމެއް ދަނީ ފެންނަމުންނެވެ. އެބައިމީހުން ދެކޭ ގޮތުގައި އެއީ އެމީހުންނަށް ލިބިފައިވާ މިނިވަންކަމެވެ. ނަމަވެސް ހަނދާންކުރަންޖެހޭ ކަމަކީ އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައި ވީއިރު މުސްލިމުންގެ ޢަމަލުތައް ބަހައްޓަންޖެހޭނީ ވަކި ހައްދެއްގެ ތެރޭގައި ކަމެވެ.

މީޑިއާގެ ވަޞީލަތްތަކުން ކޮންމެ ރަމަޟާން މަހަކަށް ޚާއްޞަކޮށްގެން ތަފާތު އެކި ފާޙިޝް، މުންކަރާތްތައް ހިމެނޭ ޕްރޮގްރާމްތައް ރާވަމުންދާކަމަކީ އިންތިހާއަށް އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ ކަމެކެވެ. ކުރިއަށް އަންނަން އޮތް ރަމަޟާން މަހާއި ދިމާކޮށްވެސް މިބައިމީހުން ވަނީ މިހާރު ޕްރޮގްރާމްތައް ރާވާ، އެއިޝްތިހާރުކުރަން ފަށާފައެވެ. ބައެއް ޗެނަލްތަކުން ފާޙިޝް ލަވަ މުބާރާތްތަކާއި، ނެށުމުގެ މުބާރާތްތަކާއި، ޑްރާމާތަކާއި، ހިލޭ އަންހެނުންނާއި ފިރިހެނުން މަސްހުނިވެގެން ކުޅޭ އެކި ކަހަލަ ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގުމަށް ވަރަށް އަވަދިނެތި ދަނީ މަސައްކަތް ކުުރަމުންނެވެ. އަދި އަގުހުރި ބޮޑެތި އިނާމް ލިބޭ ކަހަލަ ޕްރޮގްރާމްތަކުން މީސްތަކުންގެ ވަގުތުތައް ބޭކާރު ގޮތުގައި ހޭދާވާ ގޮތަށް ދަނީ ބައްޓަންކުރެވެމުންނެވެ.

ބައެއް ޗެނަލްތަކުން ތިމަންނަމެން މިވެނި ވަރަކަށް ޕަސެންޓް ދީނީ ޕްރޮގްރާމްތަކަށް ވާނީ ޚާއްޞަކޮށްފައޭ ބުނާތީ އަޑުއިވެއެވެ. ޙަޤީޤަތުގައި މިބައިމީހުން ދީނަށް އިޚްލާޞްތެރިކާމާއެކު މަސައްކަތްކުރާކަމަށްވާނަމަ، އިސްލާމް ދީނުގައި ޙަރާމް ކުރައްވާފައިވާ އެއްވެސް ކަމެއް ހިމެނޭ ޕްރޮގްރާމެއް ފޮނުވައިގެން ނުވާނެއެވެ. އިސްލާމީ ހުދޫދުގެ ތެރޭގައި މަސައްކަތްކުރަން ނޭނގޭ ކަމުގައިވާނަމަ، ދީނީ ޢިލްމުވެރިން ކައިރިން އޮޅުން ފިލުވައިގެން ނަމަވެސް، އިސްލާމީ އުޞޫލްތަކާއި އެއްގޮތަށް ޕްރޮގްރާމްތައް ބައްޓަންކުރަން ވެއްޖެއެވެ.

މީޑިއާގެ އެކި ވަޞީލަތްތަކުން އިސްލާމްދީނާއި ގުޅުން ހުރި ޚަބަރުތައް ކަވަރުކުރުމުގައި އެހާ ބޮޑު އަހަންމިއްޔަތެއް ދޭތަނެއް ނުފެނެއެވެ. މީގެ ބަދަލުގައި ތަފާތު މިއުޒިކް ޝޯތަކާއި، ފެޝަން ޝޯތަކާއި، ކުޅިވަރާއި މުނިފޫހިފިލުވުމާއި ގުޅޭ ޚަބަރުތަކަށް ވަރަށް ތަފްޞީލް ގޮތެއްގައި ރިޕޯޓްތަކާއި ޚަބަރުތައް ހަދާ ފޮނުވުމަށް މާބޮޑު އިސްކަމެއް ދަނީ ދެވެމުންނެވެ.

ދިވެހިރާއްޖޭގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ނުބައި، ފާޙިޝް ކަންކަމަށް ދަޢުވަތު ދިނުމުގައި މަސައްކަތްކުރަމުންދާ އަނެއް ބަޔަކީ މިއުޒިކާއި، ފިލްމުކުޅުމާއި މުނިފޫހިފިލުވުމުގެ ދާއިރާގައި ޙަރަކާތްތެރިވަމުންދާ މީހުންނެވެ. މިބައިމީހުންގެ ދިރިއުޅުމަށް، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކަށް ހަދާފައިވަނީ މި ނުބައިވެގެންވާ ޖަރީމާއެވެ. ފިލްމާއި، ޑްރާމާއާއި، ލަވަތައް ކުޅެ، އެފަތުރާ އެއިން ވިޔަފާރިކުރަމުންދާއިރު ބައެއް މީހުންގެ ޙާލަތު ހުރި ގޮތަކީ އެބައިމީހުންގެ އަނބީންނާއި ދަރިންވެސް މިނާޗަރަންގީގައި ބައިވެރިކުރުމެވެ. މިބައިމީހުންގެ ހިތްތަކުގައި އިސްލާމްދީނާމެދު އެއްވެސް ޣީރަތްތެރިކަމެއް ނެތީ ބާވައެވެ.

އިންޓަނެޓްގައި ފާޑުފާޑުގެ ސައިޓްތަކާއި ބްލޮގްތައް ހަދައިގެން ފާޅުގައި ފާޙިޝް ކަންތައްތައް ފަތުރާ އިސްލާމް ދީނާއި ދިވެހިން ދުރުކުރުމަށް މަސައްކަތްކުރާ މީހުންވެސް ރާއްޖޭގައި މިނިވަންކަމާއެކު އެބަ ހަރަކާތްތެރިވެއެވެ. މިފަދަ ކޮޅުނެތް ކޮޅަށް ހިތާމަހުރި، ކަންބޮޑުވާންޖެހޭ އެތައް ކަމެއް މިމުޖުތަމަޢުގައި ބާރުމިނެއްގައި ފެތުރެމުންދާއިރު، އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް ކުޅަދާނަކަންހުރި މިންވަރަކުން އިސްލާމްދީނުގެ ޙިމާޔަތުގައި ތަފާތު މަސައްކަތްތައް ކުރަން ފަށަމާ ހިނގާށެވެ. އަޅުގަނޑުމެންގެ ލޯބިވާ ދަރިންނާއި ޢާއިލާ އާއި ރަޙްމަތްތެރިން އަދި މުޖުތަމަޢުގެ އެންމެހައި މީސްތަކުން މިފަދަ ކަންކަމުން ސަލާމަތްކުރުމަށް މަސައްކަތް ފަށަމާ ހެއްޔެވެ.

މިފުރުޞަތުގައި މުޖުތަމަޢުގައި ފާޙިޝް ކަންތައް ފަތުރަން މަސައްކަތްކުރާ މީހުންނަށާއި، މިފަދަ ކަންކަމަށް ސަޕޯޓްކުރާ މީހުންނަށް ދަންނަވާލަން ބޭނުންވަނީ ﷲ سبحانه وتعالى ގެ ޙަޟުރަތުން ގަދަފަދަ ވެގެންވާ ކޯފާއެއް އައުމުގެ ކުރީގައި، މިފަދަ އެންމެހާ ކަންތައްތައް ހުއްޓާލައި ތައުބާވުމަށް އަވަސްވެގަންނާށެވެ! މިފަދަ ނުބައިކަންބޮޑުވެގެންވާ ޖަރީމާތަކަށް އަރައިނުގަންނަން އަޒުމްކަނޑައަޅާށެވެ. ﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.


"އީމާންވީ މީހުންގެ ތެރޭގައި ފާޙިޝް ކަންތައްތައް ފަތުރަން ލޯބިކުރާ މީހުންނަށް ހަމަކަށަވަރުން ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޛާބު ހުއްޓެވެ. އަދި ﷲ ދެނެ ވޮޑިގެންވެއެވެ. އެހެނެއްކަމަކު ތިޔަބައި މީހުންނަކަށް ނޭނގެއެވެ."

( ނޫރު ސޫރަތުގެ 19 ވަނަ އާޔަތުގެ މާނަ )

ޔާ ﷲ ! އަޅުގަނޑުމެންގެ މުޖުތަމަޢަކީ މިފަދަ ނުބައި މުންކަރާތްތަކުން ސަލާމަތްވެފައިވާ މުޖުތަމަޢެއް ކަމުގައި ލައްވާނދޭވެ!

މިފަދަ ޢަމަލުތަކުގައި ބައިވެރިވާ މީހުންނަށް އިސްލާމްދީނުގެ ހިދާޔަތު ދެއްވާށިއެވެ! އެހިތްތައް އިސްލާމްދީނުގެ ނޫރުން އަލި ކުރައްވާށިއެވެ! އާމީން!

Tuesday, July 27, 2010

އިސްލާމިކް މިނިސްޓްރީއިން އަތޮޅުތަކުގައި މުޅިން އަލަށް 12 މިސްކިތަކާއި 7 ސުކޫލެއްގައި ނަމާދުގެ ހުޅުވައިފި

ލިޔުނީ: ހުސެއިން ހަބީބު

އިސްލާމިކް މިނިސްޓްރީއިން އަތޮޅުތަކުގައި މުޅިން އަލަށް 12 މިސްކިތަކާއި 7 ސުކޫލެއްގައި ނަމާދުގެ ހުޅުވައިފިއެވެ.

ދިއިސްލާމްއަށް ހަބަރު ލިބިފައިވާގޮތުގައި މިއަދު އަލަށް ހުޅުވި 12 މިސްކިތުގެ ތެރޭގައި އދ އަތޮޅުގައި 3 މިސްކިތް ހުޅުވިއިރު އެއަތޮޅު މާމިގިލީގައިވަނީ 2 މިސްކިތެއް މުޅިން އަލަށް ހުޅުވާފައެވެ. އަދި ލ އަތޮޅުގައި 3 މިސްކިތް ހުޅުވާފައިވާއިރު ގއ. އޮތަޅުގައިވަނީ 2 މިސްކިތް ހުޅުވާފައެވެ. އަދި ރ އަތޯލުގައިވަނީ 2 މިސްކިތް ހުޅުވާފައެވެ. މީގެ އިތުރުން ހއ، ށ، ނ، މ، ތ ގައިވަނީ ކޮންމެ އަތޮޅެއްގައި މިސްކިތެއް ހުޅުވާފައެވެ.

މިއަދު އިސްލާމިކް މިނިސްޓްރީއިންވަނީ އަތޮޅުތަކުގެ 7 ސުކޫލެއްގައި ނަމާދުކުރާނެ ތަންވެސް ހުޅުވާފައެވެ. މުޅިން އަލަށް ސުކޫލުތަކުގައި ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިފައިވަނީ ހދ ވައިކަރަދޫ، ށ ފޯކައިދޫ، ކ. ކާށިދޫ، ގއ. ވިލިނގިލި، ގއ. މާމެންދޫ، ގދ. ގައްދޫ އަދި ސ. ހިތަދޫގެ ސުކޫލުތަކުގައިކަމަށް ހަބަރުލިބެއެވެ.

ދަޢުލަތުގެ މީޑިޔާއިންވަނީ މިނިވަން ދުވަހާއި ދިމާކޮށް ސަރުކާރުން މުޅިން އަލައް އިމާރާތްތަކާއި މަޝްރޫޢުތައް އިފްތިތާޙް ކުރި ޚަބަރު ގެނެސްދީފައެވެ. ނަމަވެސް މިއަދު އިސްލާމިކް މިނިސްޓްރީއިން މުޅިން އަލަށް ހުޅުވި 12 މިސްކިތާއި 7 ސުކޫލެއްގައި ހުޅުވި ނަމާދުކުރާ ރޫމްތައް ހުޅުވި ޚަބަރު ގެނެސްދީފައިނުވާކަން ފާހަގަކޮށްލެވެއެވެ

http://dhiislam.com/?p=3958

.

Tuesday, May 18, 2010

ޑރ. ޒާކިރު ނައިކްގެ އިވެންޓް ބޭއްވުމަށް ކުޅިވަރުއެކުވެނީގެ ސްޓޭޑިޔަމް ދޭގޮތައް އެންމެފަހުން ނިންމައިފި


ލިޔުނީ: ހުސެއިން ހަބީބު

ޑރ ޒާކިރު ނައިކްގެ ދަރުސް އެކުވެނީގެ 1 ނަންބަރާއި 2 ނަންބަރ ދަނޑު ދިނުމުގައި ދަތިތަކެއް ހުރިކަމަށް ބުނެ ނުދެވޭނެކަމަށާއި އެހެންތަނެއް ހޯދުމަށް އެދުމަށް ފަހު ގިނަ ބަޔެއްގެ ފާޑުކިޔުންތަކުގެ ސަބަބުން ޔޫތު މިނިސްޓަރ ޙަސަން ލަޠީފުގެ ނިންމުން ބަދަލުކޮށް ދަރުސް ބޭއްވުމަށް އެކުވެނީ ސްޓޭޑިއަމް ދޭނެކަމަށް ވިދާޚުވެއްޖެއެވެ.

ޔޫތު މިނިސްޓަރ ޙަސަންލަޠީފް މިގޮތައް ހަމަޖައްސަވާފައިވަނީ ރޭ ޓީ.ވީ މޯލްޑިވިސްއިން ގެނެސްދިން ރާއްޖެ މިއަދު ޕުރޮޤުރާމްގައެވެ. މިނިސްޓަރ ޙަސަން ލަޠީފު ވިދާޅުވެފައިވަނީ ‘ސްޓޭޑިޔަމް ނުލިބޭނެކަމަށް ފަހަރެއްގައިވެސް ވިދާޅުވެފައި ނޯންނާނެ’ކަމަށަވެ. ވިދާޅުވަފައިވަނީ ‘މިވެނި ސަބުތަކަށްޓަކައި އެހެންތަނެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީއަށް ދަންނަވާފައިވާނެ’ކަމަށެވެ. ނަމަވެސް މިނިސްޓަރ ޑރ. ޢަބުދުލްމަޖީދު ޢަބުލްބާރީ ވިދާޅުވެފައިވަނީ ‘ޔޫތު މިނިސްޓަރ ޙަސަން ލަޠީފުގެ އެބަހުން ދޭހަވަނީ ދެވެންނެތް’ކަމަށް ބުނުންކަމުގައި މަޖީދު ވިދާޅުވިއެވެ.

ޙަސަންލަޠީފު ވިދާޅުވެފައިވަނީ ‘މިހާރު ސްޓޭޑިޔަމް ދޭ ގޮތައް ނިންމަވައިފިން' ކަމަށެވެ. މިކަމާއި ގުޅިގެން ޑރ. މަޖީދުވަނީ އެޕުރޮގުރާމްގައި މިނިސްޓަރ ޙަސަން ލަޠީފުއަށް ވަގުތުން ޝުކުރު އަދާކުރައްވާފައެވެ. ޑރ. މަޖީދު ވިދާޅުވެފައިވަނީ މިޕުރޮގުރާމަށް ވަޑައިގަތުމުގެ ކުރިންވެސް ޔޫތު މިނިސްޓަރ ޙަސަން ލަޠީފުއާއި ފޯނުން ވާހަކަދެއްކެވިކަމަށެވެ. އަދި ސްޓޭޑިޔަމް ލިބޭކަމަށް ވާނަމަ ރާއްޖެ މިއަދު ޕުރޮގުރާމަށް ވަޑައިގެންނެވުމުގެ ބޭނުމެއްވެސް ނެތްކަމަށް ވިދާޅުވެފައިވާނެކަމަށެވެ.

މިޕުރޮގުރާމްގައި މިނިސްޓަރ ޑރ. އަބުދުލް މަޖީދު ޢަބުދުލް ބާރީވަނީ މިނިސްޓަރ ޙަސަން ލަޠީފުގެ އިތުރުން މާލޭމުނިސިޕްލްޓީގެ ރައިސް އާދަމް މަނިކް (ސަރަނގު) ބައިވެރިވެލެއްވި ޕުރޮގުރާމްގައި ކުރިމަތި ކުރެއްވި ސުވާލުތަކަށް ވަރަށް ކެރިވަޑައިގެން ޖަވާބު ދެއްވާފައެވެ

dhiislam.com.

Monday, May 17, 2010

ޑރ.ޒާކިރު ނައިކްގެ ދަރުސް ބޭއްވުމަށް އެކަށީގެންވާ ބިމެއް ސެކިޔުރިޓީއާއިއެކު ސަރުކާރުން ހަމަޖައްސައިދެއްވާނެ.


އަބްދުއްލަތީފް

މިމަހު 25 ވަނަ ދުވަހު މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ދައުވަތަކަށް ރާއްޖެވަޑައިގަތުމަށް ހަމަޖެހިފައިވާ ޑރ. ޒާކިރު ނައިކު ތަޤްރީރުކުރެއްވުމަށް އެކަށީގެންވާ ބިމެއް ފުރިހަމަ ސެކިޔުރިޓީއާއިއެކު ހަމަޖައްސަވައިދެއްވާނެކަމުގެ ޔަޤީންކަން ޕްރެސް ސެކެޓްރީ މުޙައްމަދު ޒުހައިރު ދެއްވައިފިއެވެ.
މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޒުހައިރު ވިދާޅުވީ ޒާކިރު ނައިކް ފަދަ އެހެން ދީންތަކާއަޅުވައި އިސްލާމްދީނުގެ ފުރިހަމަކަން ބަޔާންކޮށްދެއްވައި އިސްލާމް ދީން ފެތުރުއްވުމަށް މުހިއްމު މަސައްކަތްތައް ކުރައްވަމުންގެންދަވާ ދީނީ އިލްމުވެރިޔަކު ރާއްޖޭގެ ރައްޔިތުންނަށް ތަޤްރީރު ކުރެއްވުމަށް މަގުފަހިކޮށްދެއްވުމަށް ސަރުކާރަށް ކޮށްދެއްވެންހުރި ހުރިހާކަމެއް ކޮށްދެއްވާނެކަމަށެވެ.
ޑރ. ޒާކިރު ނާއިކު ތަޤްރީރު ކުރެއްވުމަށް މާފަންނު ސްޓޭޑިއަމް ސަރަހައްދު ލިބޭނެކަމަށް ކުރިން ބެލެވިފައިއޮތްނަމަވެސް އެސަރަހައްދު ނުލިބޭނެކަމަށް ޔޫތް މިނިސްޓަރ ހަސަން ލަޠީފް އިއްޔެ ވަނީ ވިދާޅުވެފައެވެ.
މިއަދުނޫހަށް މައުލޫމާތުދެއްވަމުން ހަސަން ލަޠީފް ވިދާޅުވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ އެދިވަޑައިގަތުމަށް މާފަންނު ދަނޑު ދޫކުރެއްވުމަށް ކުރިން ވިސްނެވިކަމަށާއި ނަމަވެސް އެތައް ފަރާތްތަކަކުން ދަނޑުތައް އެފަދަ ބޭނުންތަކަށް ހޯދަން އެދެންފެށުމުން އެކަމަކީ ކުރެއްވޭވަރުގެ ކަމެއްކަމަށް ޤަބޫލުފުޅު ނުކުރެއްވެވޭތީ އެއްވެސް ކުޅިވަރުދަނޑެއް އެފަދަ ކަމަކަށް ނުދެއްވަން ނިންމެވީ ކަމަށެވެ.
މިކަމާމެދު ޔޫތް މިނިސްޓަރ ހަސަން ލަޠީފް އާއި އިސްލާމިކް މިނިސްޓަރ ޙަސަން ލަޠީފް އިއްޔެ ވަނީ މަޝްވަރާކުރައްވާފައެވެ.
ޑރ. ޒާކިރު ނައިކު އަކީ ޕީސް ޓީވީގެ މެދުނުކެނޑި ތަފާތު ޕްރޮގްރާމްތަކުން އަބަދުވެސް ފެންނަމުންދާ އިލްމުވެރިޔަކަށްވާތީ ޑރ. ޒާކިރު ނާއިކު ރައްޖެވަޑައިގެން ކުރައްވަވާ ތަޤްރީރުތައް އަޑުއެހުމަށް ގިނައަދަދެއްގެ ރައްޔިތުންދަނީ ތައްޔާރުވަމުންނެވެ. އެހެންކަމުން ޑރ. ޒާކިރު ނާއިކުގެ ތަޤްރީރުތައް އަޑުއެހުމަށް އެތައް ހާސް ބަޔަކު ތައްޔާރުވަމުންދާއިރު މިކަމަށް އެކިގޮތްގޮތުން ހުރަސްތައް ކުރިމަތިކުރުވައި ރައްޔިތުންގެ، ޚާއްޞަކޮށް ޒުވާނުންގެ ސަމާލުކަން މިކަމުން ދުރަށްޖެއްސުވުމަށް އެކިފެންވަރުގައި މަސައްކަތްތައް ކުރެވެމުންދާކަމުގެ މައުލޫމާތު ވެސް ދަނީ ލިބެމުންނެވެ

www.miadhu.com

.


ޒާކިރު ނައިކުގެ އިވެންޓްބޭއްވުމަށް ސްޓޭޑިޔަމް ސަރަހައްދު ކުރިން ދޭނެކަމަށް ޔޫތު މިނިސްޓްރީއިން އިސްލާމިކް މިނިސްޓްރީއަށް އަނގާފައިވޭ





ލިޔުނީ: ހުސެއިން ހަބީބު

ޑރ. ޒާކިރު ނައިކުގެ އިވެންޓްބޭއްވުމަށް ސްޓޭޑިޔަމްސަރަހައްދު ހޯދުމަށް އިސްލާމިކް މިނިސްޓްރީއިން ޔޫތު މިނިސްޓްރީއަށް އެދުމުން އެމިނިސްޓްރީއިން ކުރިން އެތަންދޭނެކަމަށް އަންގާފައިވާ ލިޔެކިޔުންތައް އިސްލާމިކް މިނިސްޓްރީގައި އެބަހުރިކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަބުދުލް މަޖީދު ޢަބުދުލް ބާރީވިދާޅުވެއްޖެއެވެ.

މަޖީދު މިހެންވިދާޅުވީ ރޭ ޓީ.ވީ.މޯލްޑިވްސްއިން ގެނެސްދިން ހަތްދިހަ ފަހެއް ސުމެއް ޕުރާގްރާމްގެ ހަވަރުގޮނޑީގައި ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. ނަމަވެސް ހަވީރުގައި ޝާއިއުކޮށްފައިވާގޮތުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރަޝީދު ޙުސައިން ވިދާޅުވެފައިވަނީ ޔޫތު މިނިސްޓްރީއިން އެއްވެސް އިރެއްގައި ސްޓޭޑިޔަމްދޭނެކަމަށް ބުނެފައި ނޯންނާނެކަމަށެވެ.

މީގެ އިތުރުން މަޖީދުވިދާޅުވީ ފަހަރެއްގައިވެސް ސްޓޭޑިޔަމް ސަރަހައްދު ހަފްތާއަކަށް ހޯދުމަށް އެދިފައި ނޯންނާނެކަމަށާއި، އެދިފައި އޮންނާނީ ދެދުވަހަށް ސްޓޭޑިޔަމް ހޯދުމަށްކަމަށްވެސް ކަމަށްވެސް މަޖީދު ވިދާޅުވިއެވެ. ނަމަވެސް ޔޫތު މިނިސްޓްރީގެ ސްޓޭޓްމިނިސްޓަރ މުޙައްމަދު ރަޝީދު ޙުސައިން ވިދާޅުވެފައިވަނީ ސްޓޭޑިޔަމް ހަފުތާއެއް ހާދުވަހަށް ބަންދުކޮށްފައިބޭއްވުމަކީ ކުޅިވަރު ކުޅޭ ޒުވާނުންނަށް ވަރަށް ދަތިވާނެކަމެއްކަމަށެވެ.

ޔޫތުމިނިސްޓްރީއިންވަނީ ތަފާތު ބަހަނާދެއްކުމަށްފަހު އިސްލާމިކް މިނިސްޓްރީއިން ކުރަމުންދާގެންދާ ދީނީ އަދި ޤަޢުމީ މިބޮޑުއިވެންޓަށް ހުރަސް އަޅަމުންނެވެ. ނަމަވެސް ޔޫތު މިނިސްޓްރީއިންވަނީ އޭކޮން ޝޯ އާއި ބޮނިޔަމް ޝޯގެ ޚަރަކާތްތަކަށް ވަރަށްބޮޑަށް އެއްބާރުލުންދީފައެވެ.


http://dhiislam.com/?p=2268




ކުޅިވަރުކުޅެން ދަތިވާނެ ކަމަށްބުނެ ޔޫތު މިނިސްޓްރީއިން ޑރ. ޒާކިރުގެ އިވެންޓްބޭއްވުމަށް ސްޓޭޑިއަމް ނުލިބޭނެކަމަށް އަންގައިފި


ލިޔުނީ: ހުސެއިން ހަބީބު

ކުޅިވަރުކުޅޭ ޒުވާނުންނަށް ދަތިވާނެކަމަށް ބުނެ ޑރ. ޒާކިރު ނައިކުގެ އިވެންޓްބޭއްވުމަށް މާފަންނު ސްޓޭޑިއަމް ނުލިބޭނެކަމަށް ޔޫތު މިނިސްޓްރީއިން އިސްލާމިކް މިނިސްޓްރީއަށް މިއަދު އަންގައިފިއެވެ.

ޔޫތު މިނިސްޓްރީއިން އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރަޝީދު ޙުސައިން ވިދާޅުވީ އިސްލާމިކް މިނިސްޓްރީއިން އެދިފައި އޮތީ ޓާފް ދަނޑާއި ޖެހިގެންއޮންނަ ފުޓް ބޯޅަ ދެދަނޑުކަމަށާއި ނަމަވެސް އެތަން ދެވެން ނެތްކަމަށެވެ. އެތަންދެވެންނެތް ސަބަބެއްކަމަށް ރަޝީދު ވިދާޅުވަނީ ’ކުޅިވަރު ކުޅެންބޭނުންވާ މީހުންނަށް ކޮންމެ ވަގުތެއްގައިވެސް ހުޅުވިފައިތަނަކީ އެއީކަމަށާއި އެތަން ހަފުތާޔަކަށް ބުލޮކު ކުރުމުން ކުޅިވަރު ކުޅޭ ޒުވާނުންނަށް ވަރަށްބޮޑަށް ދަތިވާނެ’ ކަމަށެވެ.

މިއަދު އިސްލާމިކް މިނިސްޓަރ ޑރ. އަބުދުލް މަޖީދު އަބުދުލް ބާރީ ވަނީ މިކަން ހައްލުކުރެއްވުމަށް އަމިއްލަފުޅަށް ޔޫތު މިނިސްޓްރީއަށް ވަޑައިގެންފައެވެ. ނަމަވެސް ޔޫތު މިނިސްޓަރ ޙަސަންލަޠީފު ’ވަރަށް މާފާއެކު އެތަން ދެވެންނެތް’ކަމަށްވަނީ ވިދާޅުވެފައެވެ.

ޔޫތު މިނިސްޓްރީއިން މިއަދު އިސްލާމިކް މިނިސްޓްރީއަށް މިގޮތަށް އަންގާފައިވަނީ، އިސްލާމިކް މިނިސްޓްރީއިން ސްޓޭޑިޔަމްއަށް ޙާއްސަކޮށް އެތައް ހާސް އިސްތިހާރެއް ޗާޕްކޮށްފައި ވަނިކޮށެވެ.

ޔޫތު މިނިސްތްރީއިން ސްޓޭޑިއަމް ދެވެންނެތްކަމަށް އިސްލާމިކު މިނިސްޓްރީއަށް އަންގާފައިވާއިރު، ޔޫތު މިނިސްޓަރ ޙަސަން ލަޠީފްގެ އިސްނެންގެވުމުގެ މަތިންވަނީ އޭކޮން ޝޯ ގަލޮޅު ދަނޑުގައި ބޭއްވުމަށް ހަމަޖައްސާފައެވެ. އަދި ބޮނިއަމް ޝޯ ވަނީ ހަސަން ލަތީފުގެ ހާއްސަ ބެލުމުގެ ދަށުން ބާއްވާފައެވެ.