އައްސަލާމް އަލައިކުމް Assalaamalakikum - Welcome to Schiyax' s Blog

Asking ALLAH for forgiveness opens locked doors

Tuesday, October 19, 2010

އިސްލާމްދީނުގެ ޢަދާވާތްތެރިން، މުސްލިމުންނާއި ދެކޮޅަށް ކުރަމުންދާ ފިކުރީ ހަނގުރާމައިގައި ބޭނުންކުރާ މައިގަނޑު އަޞާސްތަކުގެ ތެރޭގައި

· ތަޢުލީމް - އިސްލާމީ ތަޢުލީމް ހީނަރުކުރުން، މުސްލިމުންގެ އަޤީދާ ބަލިކަށިކުރުމަށް މަސައްކަތްކުރުން.

· މީޑިއާ - މީޑިއާ މެދުވެރިކޮށް އިސްލާމްދީނުގެ ސޫރަ ހުތުރުކުރުން، ފާޙިޝް ކަންތައްތައް ފެތުރުން، މުސްލިމުން މަގުފުރެއްދުން.

· ޑިމޮކްރަސީ – ޑިމޮކްރަސީގެ ނިޒާމަކީ މުސްލިމުން ބަލައިގަންނަ ނިޒާމަކަށް ހަދާ އެނިޒާމް ފެތުރުން.

· އަންހެނުން - އަންހެނުންގެ ޙައްޤުތައް ހޯދައިދިނުމުގެ ނަމުގައި އަންހެނުން ކުރިއެރުވުމުގެ ނަމުގައި މަސައްކަތްކުރުން.

· ޤައުމިއްޔަތު - އެންމެ ފުރަތަމަ ޤައުމިއްޔަތު އިސްކުރަން ދަސްކޮށްދިނުމަށް މަސައްކަތްކުރުން.

· އިންސާނީ ޙައްޤުތައް - އިންސާނީ ޙައްޤުތައް ހޯދައިދިނުމުގެ ނަމުގައި މަސައްކަތްކުރުން.

ޔަހޫދީންނާއި ނަޞާރާއިންގެ ސިފަތައް

· ޙައްޤު އެނގުމަށްފަހު ޙައްޤު ފޮރުވުން

· ވަޢުދެއް ކޮށްފިނަމަ ވަޢުދާއި ޚިލާފްވުން

· ބިންމަތީގައި ފަސާދަ އުފެއްދުމާއި ހަނގުރާމަކުރުން.

· މީހުންމެރުމުގައި އެއްވެސް ކަހަލަ ފަހެއް ނުޖެހޭނެ - ޔަހޫދީން ނަބީބޭކަލުން އެއްވެސް ޙައްޤަކާއި ނުލައި އަވަހާރަކޮށްލާފައިވޭ.

· ޚިޔާނާތްތެރިކަން.

· ﷲ ގެ ވަހީ ބަސްފުޅުތައް ބަދަލުކުރުން.

· މަރުވުމަށް ބޭނުންނުވުން.

· މިބައިމީހުން ފިޔަވައި ދުނިޔޭގައި އުޅޭ އެހެން ހުރިހާ އިންސާނުންނަކީ މިބައިމީހުންގެ ޚިދުމަތުގައި ތިބެންޖެހޭ އަޅުން ކަމުގައި ދެކުން.

· ހަސަދަވެރިކަން

· މުސްލިމުން މިބައިމީހުންގެ ދީނަށް ވަނުމަށް ދާންދެން މިބައިމީހުން މުސްލިމުން ދެކެ ނުރުހޭންތެރިވާނެ.

Monday, October 18, 2010

އަންނައަހަރު ކޮލެޖުންފަށާ ކޯސްތަކާއި ގުޅޭ މަޢުލޫމާތު ދިނުމަށް ދެދުވަސް ހަމަޖައްސައިފި

މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން ގެ 2011 ވަނަ އަހަރުގެ ފުރަތަމަ ޓާރމުގައި ފަށާ ކޯސްތައް އިޢުލާން ކޮށްފައިވާތީ މިކޯސްތަކާއި ބެހޭ ގޮތުން މަޢުލޫމާތު ސާފުކުރުމަށް އެދޭ ފަރާތްތަކަށް ކޯސްތަކާއި ބެހޭ ފުރިހަމަ މަޢުލޫމާތު ދިނުމަށްޓަކައި 'ފަހި ދުވަސް' ގެ ނަމުގައި މިމަހުގެ 23 އަދި 24 މިދެދުވަސް ހާއްސަ ދެދުވަސް ގޮތުގައި ކޮލެޖުން ފާހަގަ ކުރާގޮތަށް ހަމަޖައްސާފައި ވާކަމަށް މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނުން ހާމަކޮށްފިއެވެ.

މިގޮތުން މި ދެދުވަހު ކޮލެޖުގެ ކޯހަކަށް ވަންނަން އެދޭ ދަރިވަރުންނަށް ކޯހަށް ވަނުމަށް އެދޭ ފޯރމް ފުރުމުގައި އެހީތެރިވެދިނުމާއި، ކޯހަށް ވަނުމަށް އެދޭ ދަރިވަރުންނަށް ސެޓްފިކެޓް ހިލޭ އެޓެސްޓް ކޮށްދިނުމާއި، ސެޓްފިކެޓް އަދި އައިޑީ ކާރޑް ފޮޓޯ ކޮޕީ ހަދައިދިނުމާއި، ކެރިއަރ ކައުންސެލިންގް ބޭނުންވާ ދަރިވަރުންނަށް އެޚިދުމަތަށް އެކޮލެޖުގެ ފަރާތުން ލިބިގެން ދާނެކަމަށާއި އަދި މީގެ އިތުރުން ފޯރމް ބަލައިގަތުމުގެ އިންތިޒާމުވެސް މިދުވަހުގެ ޚަރަކާތްތަކުގެ ތެރޭގައި ހިމެނޭކަމަށް މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނުން މައުލޫމަތް ދެއްވައެވެ.

މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިކޭޝަންގެ ފަރާތުން ހާމަކުރައްވާގޮތުގައި، މިދުވަހުގެ އިންތިޒާމް ތައް ހަމަޖެހިފައިވާ ގޮތުން ކޮލެޖުގެ ކޮންމެ ދާއިރާއަކުން މަޢުލޫމާތު ދެއްވުމަށާއި، ދަރިވަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކޮލެޖުގެ އެކަޑެމިކް މުވައްޒަފުންގެ އިތުރުން މިހާރު ކޯސްތައް ހަދާ ބައެއް ދަރިވަރުންވެސް ބައިވެރިވާނެ ކަމަށާއި އަދި ފަހި ދުވަސް 2010 ވެގެންދާނީ ކޮލެޖަށް ވަންނަން އެދޭ ދަރިވަރުންނަށް ދަތިވާ އެތައްކަމެއް އަދި ބޭނުންވާ އެތައް މަޢުލޫމާތެއް އަދި ޚިދުމަތްތަކެއް އެއް ތަނެއްގެ ތެރެއިން ލިބިގެންދާ 2 ދުވަސް ކަމުގައި ކަމަށް ހާމަކުރައްވައެވެ. އެހެންކަމުން ވީހާވެސް ގިނަ ފަރާތްތަކެއް މިޚިދުމަތްތައް ހޯދަން އައުމަށް ކޮލެޖު އިއުތިމާސް ކޮއްފައިވެއެވެ.

އެ ކޮލެޖުގެ ފަރާތުން ޖުމްލަ 74 ކޯހަށް ވަނުމަށް ފުރުޞަޠު ހުޅުވާލެވިފައި ވާއިރު މީގެ ތެރޭގައި ބެޗްލަރ އޮފް އެންވަޔަރަމަންޓް މެނެޖްމަންޓް އާއި އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ އިންގްލިޝް އޭޒް އަ ފޮރިންގ ލެންގުއޭޖް އާއި ބެޗްލަރ އޮފް އާރޓްސް އިން އާރކިޓެކްޗަރަލް ޑިޒައިން އަކީ މުޅިން އަލަށް ތައާރަފްކުރާ ކޯސްތަކެއް ކަމަށާއި އަދި ގްރޭޑް 7 ނިންމާފައިވާ ފަރާތްތަކުން ފެށިގެން ގްރޭޑް 12 ނިންމާފައިވާ ފަރާތްތަކަށް ވަދެވޭ އެކި ފެންވަރުގެ ކޯސްތަކުން ޖުމްލަ 3300 ޖާގަ ހުޅުވާލެވިފައި ވާކަމަށްވެސް އެކޮލެޖުން ހާމަކުރައްވައެވެ.

ވަޒީފާ އަދާ ކުރަމުންދާ މީހުންނަށް އަމާޒުކޮށް، ބައެއް ކޯސްތައް އަންނަ އަހަރު ޕާރޓް ޓައިމްކޮށް މެންދުރުފަހުން ކިޔަވައިދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި، ކޯސްތަކާ ބެހޭ އަތްމަތީ ފޮތް ކޮލެޖުގެ ދަރިވަރުންގެ ޚިދްމަތްތަކާއި ބެހޭ ބައިން ލިބެން ހުންނާނެ ކަމަށްވެސް އެކޮލެޖުން ހާމަކުރައްވައެވެ. އަދި މިފާހަގަ ކުރާ ފަހި ދުވަހު އެތަނުންވެސް ލިބެންހުންނާނެ ކަމަށާއި، މިފޮތްތައް ހުރިހާ ކެމްޕަސްތަކާއި ރަށްރަށަށް މިހާރުވަނީ ފޮނުވިފައިވަ ކަމަށާއި އަދި ފޮތުގައިވާ މަޢުލޫމާތު ކޮލެޖްގެ ވެބްސައިޓުން ލިބެންހުންނާނެ ކަމަށްވެސް އެކޮލެޖުން ބުނެއެވެ.
ސުކޫލު ދައުރު ނިންމުމަށްފަހު މަތީތަޢުލީމު ހޯދުމަށާއި، ވަޒީފާއެއް ހޯދުމުގެ މަގުސަދުގައި ގިނައަދަދެއްގެ ކުދިން މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިކޭޝަންގެ ފަރާތުން އިޢުލާންކުރާ ކޯސަތް ހަދަމުންދާކަން ފާހަގަކޮށްލެވެއެވެ.

ޚަބަރު މިއަދު ނޫހުން ނަގާފައި

ތިރީގައިވާ ލިންކުން ކޮލެޖްގެ ވެބްސައިޓަށް ޒިޔާރަތްކޮށްލައްވާ ކޯސްތަކާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދަވާ!

ކޯސްތަކުގެ މަޢުލޫމާތު