އައްސަލާމް އަލައިކުމް Assalaamalakikum - Welcome to Schiyax' s Blog

Asking ALLAH for forgiveness opens locked doors

Monday, October 11, 2010

މިލިޓަރީ މިއުޒިކަކީ ހުއްދަ އެއްޗެއްތޯ އެވެ؟ މިއުޒިކްގެ ތެރެއިން ހުއްދަ އެއްވެސް ބާވަތެއް ވޭތޯއެވެ؟

މިއުޒިކުގެ ހުރިހާ ބާވަތަކީ ހަރާމް އެއްޗެއް ކަމުގައި ސަލަފުންގެ ހުރިހާ އިލްމުވެރިންނާއި ހަތަރު މަޛުހަބުގެ އިމާމުން އިއްތިފާގުވެވަޑައިގަންނަވައެވެ. އޭގެ ހެކިތަކާއި ދަލީލުތައް ކީރިތި ޤުރްއާނާއި رسول الله صلى الله عليه وسلم ގެ ސައްހަ ސުންނަތާއި އިތުރު އަސްހާބުންގެ އިޖުމާއިން ސާބިތުވެފައިވެއެވެ. މިއުޒިކާއި މިއުޒިކް އިންސްޓްރުމެންޓްގެ ތެރެއިން އެއްމެ އާދައިގެ ލުއި އެއްޗަކީ ތާރައެއެވެ. ކައިވެނީގެ މުނާސަބަތުގައާއި ދެޢީދު ދެދުވަހުގައި ތާރަޖެހުން ހުއްދައެވެ. އެއީ ޞައްހަ ސުންނަތުން އިސްތިސްނާ ކުރެވިފައިވާ ދެ ހާލަތެވެ. އެނގިވަޑައިގަންނަވާނެފަދައިން މިލިޓަރީ މިއުޒިކަކީ ތާރައިގެ މައްޗަށް ފުއްދާފައިވާ އެއްޗެއް ނޫނެވެ. އޭގައި މިޔުޒިކުގެ ވަރަށް ގިނަ އިންސްޓުރުމެންޓްތައް ބޭނުން ކުރެވެއެވެ. ހަމަ އެފަދައިން މިލިޓަރީ މިއުޒިކު ކުޅެވެނީ ކައިވެންޏާއި ޢީދުގެ އުފަލުގައި އެކަންޏެއްވެސް ނޫނެވެ. ސިފައިންނާއި ގައުމީ ހުރިހާ ވަގުތު ތަކެއްގައެވެ. އަދި ވަކިން ޚާއްސަކޮށް މިލިޓަރީ މިއުޒިކަކީ ކަނޑައެޅިގެން އެމެރިކާ އާއި ޔޫރަޕް ފަދަ ކުފުރުގެ އިމާމުން އުފައްދައި އެމީހުން ބޭނުން ކުރާ އެއްޗެކެވެ. މިއަދު މުސްލިމުން އެކަން ކުރަނީ އެމީހުން ކޮޕީކުރުމުގެ ގޮތުންނެވެ. ވީމާ، މިލިޓަރީ މިއުޒިކު ހުއްދަވާނެ އެއްވެސް އުޛުރެއް ނެތެވެ. އެއީވެސް ޙަރާމް އެއްޗެކެވެ.


ޖަވާބު ދެއްވީ : އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް

އާދަމްޝަމީމް.ކޮމް

No comments:

Post a Comment