އައްސަލާމް އަލައިކުމް Assalaamalakikum - Welcome to Schiyax' s Blog

Asking ALLAH for forgiveness opens locked doors

Monday, May 10, 2010

ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރާ ޤަވާޢިދަށް ޢަމަލުކުރަން ފަށަނީ.










ލިޔުނީ: އަލީ އަހްސަން

ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤަވާޢިދު އެކުލަވާލައި ނިމި އެއަށް ޢަމަލުކުރަން މި މަހު 16 ވާ އާދިއްތަ ދުވަހުން ފެށިގެން ފަށާ ގޮތަށް ވަނީ ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއިން ހާމަކޮށްފިއެވެ.

އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ވެބްސައިޓްގައި ހާމަކޮށްފައިވާގޮތުގައި ‘މި ޤަވާޢިދަކީ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫން ނަންބަރ 94/6 ގެ ދަށުން ކުރިން އެކުލަވާލައިފައި އޮތް ޤަވާޢިދުގައި މިހާރު ހިނގަމުންދާ ބައެއް ކަންކަމަށް އަޅާނެ ފިޔަވަޅެއް ނެތުމާއި، އެނޫންވެސް ބައެއް ކަންކަން ހުއްޓުވުމުގެ ބާރު އެ ޤަވާޢިދުގައި ލިބިދީފައިނުވާތީ، ސަރުކާރުން އެކުލަވާލި ޤަވާޢިދެއް’ ކަމަށެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އިސްލާމިކް އެފެއާރޒްގެ ސްޓޭޓް މިނިސްޓާރ ޝަހީމު ވިދާޅުވީ ‘މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމުން ރާއްޖޭގައި ޚިޔާލު ތަފާތުވެފައިވާ ދީނީ ބައެއް މައްސަލަތައް ޙައްލުވެގެން ދާނެކަމަށް އުއްމީދު ކުރައްވާ’ ކަމުގައެވެ.

މި ޤަވާޢިދަކީ ފަސްބާބުގެ މައްޗަށް އެކުލެވިފައިވާ ޤަވާޢިދެކެވެ. މި ގޮތުން ފުރަތަމަ ބާބަކީ “ޢާއްމުބައިތައް” އެކުލެވޭ ބާބެވެ. ދެވަނަ ބާބާކީ “ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާ ބެހޭ ގޮތުން ލަފާދޭ ބޯޑު” ބާބެވެ. ތިންވަނަ ބާބަކީ “ދިވެހިރާއްޖޭގައި ދީނީ ތަޤްރީރު ކުރުމާއި، ވަޢުޡު ބުނުމާއި، ދީނުގެ ޙުކުމްތައް ބަޔާންކުރުން” މި ބާބެވެ. ހަތަރުވަނަ ބާބުގައި “އިސްލާމްދީން ނޫން އެހެން ދީންތައް ފެތުރުން” މި ކަމާބެހޭގޮތުން އެކުލެވިފައިވާ ބާބެވެ. އަދި ފަސްވަނަ ބާބަކީ “މަނާ ކަންކަން” މި ބާބެވެ.

ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރާ ޤަވާޢިދު އެކީގައި ޑައުންލޯޑް ކުރައްވާ!


http://dhiislam.com/?p=2138

No comments:

Post a Comment