ޑރ ޒާކިރު ނައިކްގެ ދަރުސް އެކުވެނީގެ 1 ނަންބަރާއި 2 ނަންބަރ ދަނޑު ދިނުމުގައި ދަތިތަކެއް ހުރިކަމަށް ބުނެ ނުދެވޭނެކަމަށާއި އެހެންތަނެއް ހޯދުމަށް އެދުމަށް ފަހު ގިނަ ބަޔެއްގެ ފާޑުކިޔުންތަކުގެ ސަބަބުން ޔޫތު މިނިސްޓަރ ޙަސަން ލަޠީފުގެ ނިންމުން ބަދަލުކޮށް ދަރުސް ބޭއްވުމަށް އެކުވެނީ ސްޓޭޑިއަމް ދޭނެކަމަށް ވިދާޚުވެއްޖެއެވެ.
ޔޫތު މިނިސްޓަރ ޙަސަންލަޠީފް މިގޮތައް ހަމަޖައްސަވާފައިވަނީ ރޭ ޓީ.ވީ މޯލްޑިވިސްއިން ގެނެސްދިން ރާއްޖެ މިއަދު ޕުރޮޤުރާމްގައެވެ. މިނިސްޓަރ ޙަސަން ލަޠީފު ވިދާޅުވެފައިވަނީ ‘ސްޓޭޑިޔަމް ނުލިބޭނެކަމަށް ފަހަރެއްގައިވެސް ވިދާޅުވެފައި ނޯންނާނެ’ކަމަށަވެ. ވިދާޅުވަފައިވަނީ ‘މިވެނި ސަބުތަކަށްޓަކައި އެހެންތަނެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީއަށް ދަންނަވާފައިވާނެ’ކަމަށެވެ. ނަމަވެސް މިނިސްޓަރ ޑރ. ޢަބުދުލްމަޖީދު ޢަބުލްބާރީ ވިދާޅުވެފައިވަނީ ‘ޔޫތު މިނިސްޓަރ ޙަސަން ލަޠީފުގެ އެބަހުން ދޭހަވަނީ ދެވެންނެތް’ކަމަށް ބުނުންކަމުގައި މަޖީދު ވިދާޅުވިއެވެ.
ޙަސަންލަޠީފު ވިދާޅުވެފައިވަނީ ‘މިހާރު ސްޓޭޑިޔަމް ދޭ ގޮތައް ނިންމަވައިފިން' ކަމަށެވެ. މިކަމާއި ގުޅިގެން ޑރ. މަޖީދުވަނީ އެޕުރޮގުރާމްގައި މިނިސްޓަރ ޙަސަން ލަޠީފުއަށް ވަގުތުން ޝުކުރު އަދާކުރައްވާފައެވެ. ޑރ. މަޖީދު ވިދާޅުވެފައިވަނީ މިޕުރޮގުރާމަށް ވަޑައިގަތުމުގެ ކުރިންވެސް ޔޫތު މިނިސްޓަރ ޙަސަން ލަޠީފުއާއި ފޯނުން ވާހަކަދެއްކެވިކަމަށެވެ. އަދި ސްޓޭޑިޔަމް ލިބޭކަމަށް ވާނަމަ ރާއްޖެ މިއަދު ޕުރޮގުރާމަށް ވަޑައިގެންނެވުމުގެ ބޭނުމެއްވެސް ނެތްކަމަށް ވިދާޅުވެފައިވާނެކަމަށެވެ.
މިޕުރޮގުރާމްގައި މިނިސްޓަރ ޑރ. އަބުދުލް މަޖީދު ޢަބުދުލް ބާރީވަނީ މިނިސްޓަރ ޙަސަން ލަޠީފުގެ އިތުރުން މާލޭމުނިސިޕްލްޓީގެ ރައިސް އާދަމް މަނިކް (ސަރަނގު) ބައިވެރިވެލެއްވި ޕުރޮގުރާމްގައި ކުރިމަތި ކުރެއްވި ސުވާލުތަކަށް ވަރަށް ކެރިވަޑައިގެން ޖަވާބު ދެއްވާފައެވެ
dhiislam.com.
No comments:
Post a Comment