އައްސަލާމް އަލައިކުމް Assalaamalakikum - Welcome to Schiyax' s Blog

Asking ALLAH for forgiveness opens locked doors

Monday, May 17, 2010

ޑރ.ޒާކިރު ނައިކްގެ ދަރުސް ބޭއްވުމަށް އެކަށީގެންވާ ބިމެއް ސެކިޔުރިޓީއާއިއެކު ސަރުކާރުން ހަމަޖައްސައިދެއްވާނެ.


އަބްދުއްލަތީފް

މިމަހު 25 ވަނަ ދުވަހު މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ދައުވަތަކަށް ރާއްޖެވަޑައިގަތުމަށް ހަމަޖެހިފައިވާ ޑރ. ޒާކިރު ނައިކު ތަޤްރީރުކުރެއްވުމަށް އެކަށީގެންވާ ބިމެއް ފުރިހަމަ ސެކިޔުރިޓީއާއިއެކު ހަމަޖައްސަވައިދެއްވާނެކަމުގެ ޔަޤީންކަން ޕްރެސް ސެކެޓްރީ މުޙައްމަދު ޒުހައިރު ދެއްވައިފިއެވެ.
މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޒުހައިރު ވިދާޅުވީ ޒާކިރު ނައިކް ފަދަ އެހެން ދީންތަކާއަޅުވައި އިސްލާމްދީނުގެ ފުރިހަމަކަން ބަޔާންކޮށްދެއްވައި އިސްލާމް ދީން ފެތުރުއްވުމަށް މުހިއްމު މަސައްކަތްތައް ކުރައްވަމުންގެންދަވާ ދީނީ އިލްމުވެރިޔަކު ރާއްޖޭގެ ރައްޔިތުންނަށް ތަޤްރީރު ކުރެއްވުމަށް މަގުފަހިކޮށްދެއްވުމަށް ސަރުކާރަށް ކޮށްދެއްވެންހުރި ހުރިހާކަމެއް ކޮށްދެއްވާނެކަމަށެވެ.
ޑރ. ޒާކިރު ނާއިކު ތަޤްރީރު ކުރެއްވުމަށް މާފަންނު ސްޓޭޑިއަމް ސަރަހައްދު ލިބޭނެކަމަށް ކުރިން ބެލެވިފައިއޮތްނަމަވެސް އެސަރަހައްދު ނުލިބޭނެކަމަށް ޔޫތް މިނިސްޓަރ ހަސަން ލަޠީފް އިއްޔެ ވަނީ ވިދާޅުވެފައެވެ.
މިއަދުނޫހަށް މައުލޫމާތުދެއްވަމުން ހަސަން ލަޠީފް ވިދާޅުވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ އެދިވަޑައިގަތުމަށް މާފަންނު ދަނޑު ދޫކުރެއްވުމަށް ކުރިން ވިސްނެވިކަމަށާއި ނަމަވެސް އެތައް ފަރާތްތަކަކުން ދަނޑުތައް އެފަދަ ބޭނުންތަކަށް ހޯދަން އެދެންފެށުމުން އެކަމަކީ ކުރެއްވޭވަރުގެ ކަމެއްކަމަށް ޤަބޫލުފުޅު ނުކުރެއްވެވޭތީ އެއްވެސް ކުޅިވަރުދަނޑެއް އެފަދަ ކަމަކަށް ނުދެއްވަން ނިންމެވީ ކަމަށެވެ.
މިކަމާމެދު ޔޫތް މިނިސްޓަރ ހަސަން ލަޠީފް އާއި އިސްލާމިކް މިނިސްޓަރ ޙަސަން ލަޠީފް އިއްޔެ ވަނީ މަޝްވަރާކުރައްވާފައެވެ.
ޑރ. ޒާކިރު ނައިކު އަކީ ޕީސް ޓީވީގެ މެދުނުކެނޑި ތަފާތު ޕްރޮގްރާމްތަކުން އަބަދުވެސް ފެންނަމުންދާ އިލްމުވެރިޔަކަށްވާތީ ޑރ. ޒާކިރު ނާއިކު ރައްޖެވަޑައިގެން ކުރައްވަވާ ތަޤްރީރުތައް އަޑުއެހުމަށް ގިނައަދަދެއްގެ ރައްޔިތުންދަނީ ތައްޔާރުވަމުންނެވެ. އެހެންކަމުން ޑރ. ޒާކިރު ނާއިކުގެ ތަޤްރީރުތައް އަޑުއެހުމަށް އެތައް ހާސް ބަޔަކު ތައްޔާރުވަމުންދާއިރު މިކަމަށް އެކިގޮތްގޮތުން ހުރަސްތައް ކުރިމަތިކުރުވައި ރައްޔިތުންގެ، ޚާއްޞަކޮށް ޒުވާނުންގެ ސަމާލުކަން މިކަމުން ދުރަށްޖެއްސުވުމަށް އެކިފެންވަރުގައި މަސައްކަތްތައް ކުރެވެމުންދާކަމުގެ މައުލޫމާތު ވެސް ދަނީ ލިބެމުންނެވެ

www.miadhu.com

.


No comments:

Post a Comment