ޑރ. ޒާކިރު ނައިކުގެ އިވެންޓްބޭއްވުމަށް ސްޓޭޑިޔަމްސަރަހައްދު ހޯދުމަށް އިސްލާމިކް މިނިސްޓްރީއިން ޔޫތު މިނިސްޓްރީއަށް އެދުމުން އެމިނިސްޓްރީއިން ކުރިން އެތަންދޭނެކަމަށް އަންގާފައިވާ ލިޔެކިޔުންތައް އިސްލާމިކް މިނިސްޓްރީގައި އެބަހުރިކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަބުދުލް މަޖީދު ޢަބުދުލް ބާރީވިދާޅުވެއްޖެއެވެ.
މަޖީދު މިހެންވިދާޅުވީ ރޭ ޓީ.ވީ.މޯލްޑިވްސްއިން ގެނެސްދިން ހަތްދިހަ ފަހެއް ސުމެއް ޕުރާގްރާމްގެ ހަވަރުގޮނޑީގައި ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. ނަމަވެސް ހަވީރުގައި ޝާއިއުކޮށްފައިވާގޮތުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރަޝީދު ޙުސައިން ވިދާޅުވެފައިވަނީ ޔޫތު މިނިސްޓްރީއިން އެއްވެސް އިރެއްގައި ސްޓޭޑިޔަމްދޭނެކަމަށް ބުނެފައި ނޯންނާނެކަމަށެވެ.
މީގެ އިތުރުން މަޖީދުވިދާޅުވީ ފަހަރެއްގައިވެސް ސްޓޭޑިޔަމް ސަރަހައްދު ހަފްތާއަކަށް ހޯދުމަށް އެދިފައި ނޯންނާނެކަމަށާއި، އެދިފައި އޮންނާނީ ދެދުވަހަށް ސްޓޭޑިޔަމް ހޯދުމަށްކަމަށްވެސް ކަމަށްވެސް މަޖީދު ވިދާޅުވިއެވެ. ނަމަވެސް ޔޫތު މިނިސްޓްރީގެ ސްޓޭޓްމިނިސްޓަރ މުޙައްމަދު ރަޝީދު ޙުސައިން ވިދާޅުވެފައިވަނީ ސްޓޭޑިޔަމް ހަފުތާއެއް ހާދުވަހަށް ބަންދުކޮށްފައިބޭއްވުމަކީ ކުޅިވަރު ކުޅޭ ޒުވާނުންނަށް ވަރަށް ދަތިވާނެކަމެއްކަމަށެވެ.
ޔޫތުމިނިސްޓްރީއިންވަނީ ތަފާތު ބަހަނާދެއްކުމަށްފަހު އިސްލާމިކް މިނިސްޓްރީއިން ކުރަމުންދާގެންދާ ދީނީ އަދި ޤަޢުމީ މިބޮޑުއިވެންޓަށް ހުރަސް އަޅަމުންނެވެ. ނަމަވެސް ޔޫތު މިނިސްޓްރީއިންވަނީ އޭކޮން ޝޯ އާއި ބޮނިޔަމް ޝޯގެ ޚަރަކާތްތަކަށް ވަރަށްބޮޑަށް އެއްބާރުލުންދީފައެވެ.
No comments:
Post a Comment