އައްސަލާމް އަލައިކުމް Assalaamalakikum - Welcome to Schiyax' s Blog

Asking ALLAH for forgiveness opens locked doors

Wednesday, May 12, 2010

ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރާ ޤަވާއިދުގައި ޕޮލިސީ މައްސަލަތަކެއް ހުރުން

ރައީސް އޮފީހުގެ ލީގަލް ޓީމުންނާއި ޕޮލިސް ގެ ލީގަލް ޓީމުން މިޤަވާއިދު އެޕްރޫވް ކޮށްފައި ވާއިރު އެންމެ ފަހު ވަގުތު ގެޒެޓުގައި ޝާއިއު ކުރަންވީމަ ޕޮލިސީ މައްސަލަތައް އެބަހުއްޓޭ ބުނުމަކީ އަރަތެއް. މައްސަލަތައް ހުރިއްޔާ އެމައްސަލަތައް ކީއްވެ ޕްރެސް ސެކްރެޓަރީ ޒުހައިރުމެންނަށް ހާމަ ނުކުރެވެންވީ؟ ހިއުމަން ރައިޓްސް ކޮމިޝަނުންނާއި އެމް.އެން.ބީ.ސީން މިޤަވާއިދާއި މެދު ޝަކުވާ ހުށަހަޅާފައިވާ ކަމަށް ބުނެ ދޮގު ހަދާ ރައްޔިތުންނަށް އޮޅުވާލަން އުޅެނީ ކީއްވެބާ؟ ދީން ހިމާޔަތްކުރުމަށްޓަކައި ހެދިފައިވާ ހަރުދަނާ ޤަވާއިދެއް ވީމަ ފަސްޖެހެވެނީ ސަރުކާރުގެ ލާދީނީ ފިކުރު ފަތުރާ "މިނިވަން ނޫސް" ފަދަ ވަޞީލަތްތަކާއި މެދު ފިޔަވަޅު އެޅި، އެމީހުންގެ މަސައްކަތް ހުއްޓުވަން ބާރު ލިބޭތީ ދޯ؟ ބަނގުރާ ހުއްދަ ކުރުމާއި ބެހޭ ޤަވާއިދެއް މިނިސްޓްރީ އެއްގެ ސައިޓަށް އަޕްލޯޑް ކުރެވުނު އިރު އެކަމާމެދު ރައީސް އޮފީހުން އެޅުނު އެއްވެސް ފިޔަވަޅެއް އެބައޮތްބާ؟ އަނެއްކާ މިކަހަލަ އިސްލާމްދީނާއި ޚިލާފް ޤަވާއިދެއް ހެދިއިރު އިސްލާމިކް މިނިސްޓްރީގެ ބަހެއް ހޯދާކަށް ނުޖެހިފައި، އިސްލާމް ދީން ހިމާޔަތްކުރާ ޤަވާއިދަށް ހުރިހާ މިނިސްޓްރީގެ ބަސް ހޯދަން ޖެހޭދޯ؟
ރަނގަޅު. މަޝްވަރާ ވެސް ކުރަން ޖެހޭނެ. އެކަމަކު ހުރިހާ ތަނަކުން އެޕްރޫވްކޮށްފައި އޮއްވާ، އެންމެ ފަހުވަގުތު ޕޮލިސީ މައްސަލަތައް ދިމާވީމަ އަރަތަކަށް މިވަނީ.



No comments:

Post a Comment