އައްސަލާމް އަލައިކުމް Assalaamalakikum - Welcome to Schiyax' s Blog

Asking ALLAH for forgiveness opens locked doors

Tuesday, May 11, 2010

ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރާ ޤަވާއިދު، އެންމެ އަވަހަށް ބޭއްވޭ ވަޒީރުންގެ މަޖިލީހަށް އެޖެންޑާ ކޮށްފި.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން އެކުލަވާލައްވާފައިވާ ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރާ ޤަވާއިދު، ދެން އެންމެ އަވަހަށް ބޭއްވޭ ވަޒިރުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށް އެޖެންޑާ ކުރެވިފައިވާކަމަށް ޕްރެސް ސެކެޓްރީ މުހައްމަދު ޒުހައިރު ވިދާޅުވެއްޖެއެވެ.

މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޒުހައިރު ވިދާޅުވީ އެ ޤަވާއިދު ގެޒެޓްކުރެއްވުމުގެ ކުރިން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ނިންމެވީ އެޤަވައިދުގައި ހިމެނޭ ގިނަ ކަންތައްތަކަކީ ދައުލަތުގެ އެހެން މުއައްސަސާތަކާއި ގުޅިގެން އެފަރާތްތަކުގެ އެއްބާރުލުންވެސް ލިބިގެން ތަންފީޒުކުރެވޭނެ ކަންތައްތަކެއްކަމަށްވާއިރު އެފަރާތްތަކުން އެކަންކަން ޤަބޫލުކުރާގޮތަކާއިމެދުވެސް މަޝްވަރަކުރުމަކީ މުހިއްމުކަމެއްކަމަށް ޤަބުލުކުރައްވާތީ ކަމަށެވެ.

ޒުހައިރު ވިދާޅުވީ ރައްޖޭގައި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމަށް ޤަވާއިދެއް އެކުލަވާލެއްވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ކުރައްވާފައިވާ މަސައްކަތްތަކަކީ ވަރަށް ބުރަ އުފުއްލަވައިގެން ކުރައްވާފައިވާ މަސައްކަތަކަށްވާތީ އެކަމަށްޓަކައި އެމިނިސްޓްރީއަށް ޝުކުރުއަދާކުރައްވާކަމަށެވެ. އަދި އެޤަވާއިދު ތަންފީޒުކުރުމަށް ސަރުކާރުން ދެއްވަންޖެހިވަޑައިގަންނަވާ އެއްބާރުލުން ދެއްވާނެކަމަށެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބަރީ ވިދާޅުވީ މިޤަވައިދު އެކުލަވައިލީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޤާނޫނީ ބޭފުޅުންގެ ލަފާގެމަތިން ކަމަށާއި ދައުލަތުގެ ބަންޑާރަނާއިބުގެ އޮފީހަށް ފޮނުއްވައިގެން ދެފަހަރުމަތިން ޤަވާއިދު އިޞްލާހުކުރެވިފައިވާ ކަމަށެވެ.
ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެފައިވަނީ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރާ ގަވާއިދު އެކުލަވާލިއިރު އެއްވެސް ކަހަލަ ޕޮލިސީ މައްސަލައެއް ދިމާނުވާ ކަމަށާއި، މި ޤަވާއިދު އެކުލަވާލީ ގިނަ ދީނީ ޢިލްމުވެރިންނާއި، ސަރުކާރުގެ އިސްބޭފުޅުންގެ ވެސް މަޝްވަރާގެ މަތިންކަމަށެވެ.

ހިއުމަންރައިޓްސް ކޮމިޝަނުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައިވަނީ އެ ކޮމޝަނުން އެއްވެސް ތަނަކަށް އެއްވެސް ޝަކުވާއެއް އެ ގަވާއިދާ ބެހޭގޮތުން ހުށައަޅާފައިނުވާނެ ކަމަށެވެ.

މިފަދަ ޤަވާއިދެއް ރާޢްޖޭގައި އޮތުމުގެ މުހިއްމުކަން ފާހަގަކޮށް އެމްއެންބީސީގެ ފަރާތުން ސަރުކާރުގެ ކަމާބެހޭ ފަރާއްތަކަށް ދަންނަވާފައިވާނޭ ކަމަށާއި، މި ޤަވާއިދު ނެރުމާ ބެހޭގޮތުން އެއްވެސް ފަރާތަކަށް އެއްވެސް ޝަކުވާއެއް އެމްއެންބީސީއިން އުފުލާފައިނުވާނެކަމަށް އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވކަމަށް ޓީވިއެމް އިން ވަނީ ހާމަކޮށްފައެވެ. އަދި އެމްއެންބީސީގެ ނަމުގައި އެހެންފަރާތްތަކުން، ވާހަކަދެއްކުމަކީ ވަރަށް ހިތާމަކުރާކަމެއް ކަމުގައިވެސް ޚަލީލް ވިދާޅުވެފައިވެއެވެ

.

=މިއަދު ނޫސް - އަބްދުއްލަތީފް=

1 comment:

  1. ރައީސް އޮފީހުގެ ލީގަލް ޓީމުންނާއި ޕޮލިސް ގެ ލީގަލް ޓީމުން މިޤަވާއިދު އެޕްރޫވް ކޮށްފައި ވާއިރު އެންމެ ފަހު ވަގުތު ގެޒެޓުގައި ޝާއިއު ކުރަންވީމަ ޕޮލިސީ މައްސަލަތައް އެބަހުއްޓޭ ބުނުމަކީ އަރަތެއް. މައްސަލަތައް ހުރިއްޔާ އެމައްސަލަތައް ކީއްވެ ޕްރެސް ސެކްރެޓަރީ ޒުހައިރުމެންނަށް ހާމަ ނުކުރެވެންވީ؟ ހިއުމަން ރައިޓްސް ކޮމިޝަނުންނާއި އެމް.އެން.ބީ.ސީން މިޤަވާއިދާއި މެދު ޝަކުވާ ހުށަހަޅާފައިވާ ކަމަށް ބުނެ ދޮގު ހަދާ ރައްޔިތުންނަށް އޮޅުވާލަން އުޅެނީ ކީއްވެބާ؟ ދީން ހިމާޔަތްކުރުމަށްޓަކައި ހެދިފައިވާ ހަރުދަނާ ޤަވާއިދެއް ވީމަ ފަސްޖެހެވެނީ ސަރުކާރުގެ ލާދީނީ ފިކުރު ފަތުރާ "މިނިވަން ނޫސް" ފަދަ ވަޞީލަތްތަކާއި މެދު ފިޔަވަޅު އެޅި، އެމީހުންގެ މަސައްކަތް ހުއްޓުވަން ބާރު ލިބޭތީ ދޯ؟ ރާ ހުއްދަ ކުރުމާއި ބެހޭ ޤަވާއިދެއް މިނިސްޓްރީ އެއްގެ ސައިޓަށް އަޕްލޯޑް ކުރެވުނު އިރު އެކަމާމެދު ރައީސް އޮފީހުން އެޅުނު އެއްވެސް ފިޔަވަޅެއް އެބައޮތްބާ؟ އަނެއްކާ މިކަހަލަ އިސްލާމްދީނާއި ޚިލާފް ޤަވާއިދެއް ހެދިއިރު އިސްލާމިކް މިނިސްޓްރީގެ ބަހެއް ހޯދާކަށް ނުޖެހިފައި، އިސްލާމް ދީން ހިމާޔަތްކުރާ ޤަވާއިދަށް ހުރިހާ މިނިސްޓްރީގެ ބަސް ހޯދަން ޖެހޭދޯ؟
    ރަނގަލު. މަޝްވަރާ ވެސް ކުރަން ޖެހޭނެ. އެކަމަކު ހުރިހާ ތަނަކުން އެޕްރޫވްކޮށްފައި، އެންމެ ފަހުވަގުތު ޕޮލިސީ މައްސަލަތައް ދިމާވީމަ މިއަރަތަކަށް ވަނީ.

    ReplyDelete